މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓުތަކަކާއިއެކު ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރުޕެކެޓްތަކަކާއެކު ވިލިމާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ 8:25 ހާއިރު ވިލިމާލެ ޕެޓްރޯލް ކުރަމުން ދަނިކޮށް 22 އަހަރުގެ މީހާ މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓް ފެނުމުން ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ