ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ފުލުސް މީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފި

ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ފުލުސް މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ފުލުސް މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ އޭޕްރީލް 30 ވަނަ ދުވަހު އެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލާންސް ކޯޕްރަލް މަގާމުގައި ހުރި ފުލުހެކެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކަސްޓޯޑިއަލަށް މަސްތުވާތަކެތި ވައްދަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންގެން ކަސްޓޯޑިއަލުގައި ހުއްޓައި، އެ ފުލުސް މީހާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލި ބެލުމުގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އޭނާގެ އަތުން ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ