"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާ ބާއްވައިފި

ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާ ބާއްވައިފިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދިވެހި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ ނިޝާން އިޒުއްދީނުގެ ވެރިޔާ އައްބާސް އިބްރާހީމެވެ. މި ހަފްލާގައި ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ވިޔަފާރީގެ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތާއި އިގްތިސާދަށް އަންނަ ބަދަލުގެ އިތުރުން އެހެން ވިޔަފާރިތަކަށް ހިތްވަރުދިނުމަށް ބްލޭޒަން އިންކްއިން ދޭ މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 ގައި ތަފާތު ތިން ކެޓަގަރީއަކުން އެވޯޑް ދީފައިވެއެވެ. އެއީ އިންޑަސްޓްރީ އެކްސެލެންސް އެވޯޑާއި އެންޓަޕްރައިސް އެކްސެލެންސް އެވޯޑްގެ އިތުރުން އިންޑިވިޖުއަލް އެކްސެލެންސް އެވޯޑެވެ.
އިންޑަސްޓްރީ އެކްސެލެންސް އެވޯޑް 12 ފަރާތަކަށް ލިބިފައިވެއެވެ.
" މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 " - އިންޑަސްޓްރީ އެކްސެލެންސް އެވޯޑް
އެކްސެލެންސް އިން ފައިނެންސް (ބޭންކިންގ އެންޑް ފައިނެންސް) - އެޗް ޑީ އެފްސީއެކްސެލެންސް އިން ފައިނެންސް (އިންޝުއަރެންސް) - އެލައިޑް އިންޝުއަރެންސްއެކްސެލެންސް އިން ހޮސްޕިޓަލިޓީ (ހޮޓެލްސް އެންޑް ގެސްޓް ހައުސް) - ރިވަރީސް ގެސްޓް ހައުސްއެކްސެލެންސް ހޮސްޕިޓަލިޓީ (ޓުއަރ އޮޕަރޭޓަރސް) - އިނަރ މޯލްޑިވްސްއެކްސެލެންސް އިން ފިޝަރީސް އެންޑް އެގްރިކަލްޗަރ - އެންސިސް ފިޝަރީޒްއެކްސެލެންސް އިން ޔޫޓިލިޓީ - އެމް ޑަބްލިއު އެސް ސީއެކްސެލެންސް އިން ކޮންސްޓްރަކްޝަން އެންޑް ރިއަލް އެސްޓޭޓް - އެސް އޭ އެސް އީ ކޮންސްޓްރަކްޝަންއެކްސެލެންސް އިން ހޯލްސޭލް އެންޑް ރީޓެއިލް - އެޓޯލް މާކެޓްއެކްސެލެންސް އިން އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަން - އުރީދޫ މޯލްޑިވްސްއެކްސެލެންސް އިން ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް - ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސްއެކްސެލެންސް އިން ހެލްތް ކެއަރ - މެޑިކާއެކްސެލެންސް އިން ޕްރޮފިޝަނަލް ސަރވިސް - އެމް އެޗް ޕީ އޭ އެލްއެލްޕީ
ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގެ ތެރެއިން -- ވަން ފޮޓޯ/ މުހައްމަދު އައުޒަމް

އެންޓަޕްރައިސް އެކްސެލެންސް އެވޯޑް ފަސް ފަރާތަކަށް ވަނީ ލިބިފައެވެ.
"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" - އެންޓަޕްރައިސް އެކްސެލެންސް އެވޯޑް
ޕަބްލިކް އެންޓަޕްރައިސް އޮފް ދަ ޔިއަރ - ދިރާގުއިނޮވޭޓިވް ބިޒްނަސް އޮފް ދަ ޔިއަރ - އެލައިޑް އިންޝުއަރެންސްއެލްއިޑް ޕްރެޒެންޓްސް އެމްޕްލޯޔަރ އޮފް ދަ ޔިއަރ - އެމް ޑަބްލިއު އެސް ސީއެފް ޑީ އައި އޮފް ދަ ޔިއަރ - އުރީދޫ މޯލްޑިވްސްދިރާގު ޕްރެޒެންޓްސް އެމް އެސް އެމް އީ އޮފް ދަ ޔިއަރ - އެމްބަރ ފަޔަރ އެންޑް ސޭފްޓީ
ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގެ ތެރެއިން -- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގެ ތެރެއިން -- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގެ ތެރެއިން -- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގެ ތެރެއިން -- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
އިންޑިވިޖުއަލް އެކްސެލެންސް އެވޯޑް ހަތަރު ފަރާތަކަށް ވަނީ ލިބިފައެވެ.
"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" - އެންޓަޕްރައިސް އެކްސެލެންސް އެވޯޑް
ޔަންގް އެންޓްރަޕްރެނެއަރ އޮފް ދަ ޔިއަރ - އަލީ ހާރިސްބިޒްނަސް ވުމެން އޮފް ދަ ޔިއަރ - ރާއިދާ ޝަފީގްއިންސްޕިރޭޝަނަލް ލީޑަރ އޮފް ދަ ޔިއަރ - އަބްދުލް މަޖީދުއެންޓްރަޕްރެނެއަރ އޮފް ދަ ޔިއަރ - މުހައްމަދު އަލީ ޖަނާހް
ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގެ ތެރެއިން -- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގެ ތެރެއިން -- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގެ ތެރެއިން -- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
ބްލޭޒަން އިންކުން މައުލޫމާތު ދޭގޮތުގައި "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018"ގައި އެންޓަޕްރައިސް އެކްސެލެންސް އަދި އިންޑިވިޖުއަލް އެކްސެލެންސް އެވޯޑްގެ ފައިނަލިސްޓުން ހޮވާފައިވަނީ ޖަޖުންގެ މާކްސްއާއި ލިބުނު ވޯޓަށް ބެލުމަށްފަހުއެވެ. އަދި އިންޑަސްޓްރީ އެކްސެލެންސް އެވޯޑްގެ ފައިނަލިސްޓުން ހޮވާފައިވަނީ ޖަޖުންގެ މާކްސްގެ އިތުރުން ޕްރެޒެންޓޭޝަންއާ އިންޓަވިއުއަށް ބެލުމަށްފަހުއެވެ.
"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018"ގެ ޖަޖިން ޕެނަލްގައި ހިމެނެނީ ހަމްދޫން އަބްދުﷲ ހަމީދާއި ޑރ. އާއިޝަތު މުނީޒާ އާއި ޑރ. މަރިޔަމް ވަސީމާ އާއި ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އަހްމަދު މާޒިންގެ އިތުރުން އަޝްރަފް ރަޝީދާއި އަބްދުﷲ ގިޔާސް ރިޔާޒާއި ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ.
2016 ވަނަ އަހަރު އުފެދުނު ބްލޭޒަން އިންކްއަކީ ޕަބްލިކް ރިލޭޝަންސް މާކެޓިންގް އަދި ބިޒްނަސް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެކެވެ. މިއީ ބްލޭޒަން އިންކުން މޯލްޑިވްސް ބިޒްނަސް އެވޯޑްސް ދޭ ފުރަތަމަ އަހަރެވެ.
ބިޒްނަސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރަކަށް އެލައިޑް އަދި ދިރާގެވެ. ގޯލްޑް ސްޕޮންސަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ކޯލައިން މޯލްޑިވްސް އަދި އެޓޯލް މާކެޓްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ