މިސް އާރތް 2018 އަށް ވެނެޒުއޭލާއިން ވާދަކުރި ފަރާތް އަބުރައިގަނެގެން ވެއްޓިއްޖެ

މިސް އާރތު 2018 އަށް ވެނެޒުއޭލާގެ ފަރާތުން ވާދަ ކުރި ޑައާނާ ސިލްވާ މުބާރާތުގެ ތެރޭގައި އަނބުރާގަނެގެން ވެއްޓިއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޑައާނާ އަނބުރާގަނެފައިވަނީ ގަދަ ހަތަރެއްކަށް އިއުލާން ކުރިއިރު ސްޓޭޖުގެ ފުރަގަހުގައި މަޑުކޮށްގެން ހުރިއިރުއެވެ. އެވަގުތު ޑައާނާ ސްޓޭޖަށް ނައުމުން ޖަޖުންނަށް ވަނީ އެކަން ފާހަގަވެސް ކޮށްފައެވެ.
އަނބުރައިގަނެގެން ވެއްޓުމުގެ ސަަބަބުން އޭނަގެ މޫނުގެ އަރިމަތީ ކަށިތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޑައާނާ އެދުވަހު ދެތިން ފަހަރެއްގެ މަތިން ހޮޑުލާފައިވެއެވެ. ނަމަވެސް އޭނަ އެކަން އެއްވެސް މީހެއްގާތުގައި ބުނެފައެއް ނުވެއެވެ.
ލެޔާއި ހަކުރު ޗެކްކޮށް އޭނައަށްވަނީ އިތުރު ފަރުވާ ދެވިފައިކަމަށް މިމުބާރަތް ސްޕޮންސަރ ކުރާ ފަރާތުންވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
ވެނަޒުއޭލާއިން ވަނީ ޑައާނާގެ ހާލު މިހާރު ރަނގަޅުކަމަށް ހާމަކޮށްފައެވެ.
މިމުބާރާތުން މިސް އާރތު 2018 އަށް ހޮވިފައިވަނީ ވިއެޓްނާމްއެވެ. މިއީ ވެއިޓްނާމް މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ