ރިޔާސީ އިންތިޚާބާއި ގުޅުންހުރި ކަންކަން ހަވާލުކުރައްވާފައިވާ އަމީން އިބްރާހީމަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ ގްރޫޕަށް ލީޑަރު ގާސިމް ފޮނުއްވެވި މެސެޖުގައި ޕާޓީގެ ލީޑަރޝިޕުންނާއި ކައުންސިލްގެ އެއްބާރުލުން ބޭނުންފުޅުވާނެކަމަށް ވިދާޅުވެފައިވެއެވެ.
ޖޭޕީން ވަކިން ކެމްޕެއިންގެ މަސައްކަތަށް ނުކުމެފައިވީ ނަމަވެސް، ޖޭޕީއަކީ އަދިވެސް މިސަރުކާރު ކޯލިޝަންގެ މެމްބަރެކެވެ. ވަޒީރުންނާއި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ޖޭޕީގެ މެމްބަރުން އެބަ ތިއްބެވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ނުހެދުމަށް ނިންމި ހިސާބުން ބައެއް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން ޖޭޕީން ވަކިވެވަޑައިގެންފައިވެއެވެ.
ރައީސް ސޯލިހުވެސް ވަނީ ޖޭޕީން މިފަދައިން ކަން ކުރައްވަން ބޭނުންވާ ކަމުގައިވާނަމަ، ކޯލިޝަނުން ވަކިވާން ޖެހޭކަމަށް ވިދާޅުވެފައެވެ.
ގާސިމް އެދިވަޑައިގަންނަވަނީ އަމީނަށް އެއްބާރުލުން ދެއްވުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ