ނެގި ޓިކެޓަށް ދަތުރު ނުކުރެވުނަސް, ގެއްލުމުގެ ބަދަލެއް ނަގައެއް ނުދިން

މޯލްޑިވިއަންގެ ފްލައިޓަކުން ދަތުރުކުރަން ނެގި ޓިކެޓްތަކަކަށް ދަތުރު ނުކުރެވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި މީހަކު ކުރި ދައުވާ ނާކާމިޔާބުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު މާލެއިން ގއ. މާވާރުލު އެއާޕޯޓަށް ދަތުރުކުރަން 11 މީހަކަށް ވެއިޓިން ލިސްޓުގައި ނެގި ޓިކެޓްތަކަށް ފްލައިޓުގައި ޖާގަ ނެތުމުން ދަތުރު ނުކުރެވުނެވެ. އެހެންވުމުން ނޯ ޝޯ ޗާޖުގެ ގޮތުގައި އިތުރަށް 1،700ރ. އާއި އެހެން ތާރީހަކަށް ޓިކެޓް ބަދަލުކުރަން 1،200 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހުނެވެ.
ޓިކެޓް ނެގި މީހާ ދައުވާކުރީ ފުރަތަމަ ފްލައިޓުން ޖާގަ ނުލިބުމާއި އަދި ފަހުން އެއްބަސްވުމާ ހިލާފަށް ނެގި ފައިސާ އާއި ގެއްލުމުގެ ބަދަލާ އެކު 12،900ރ. ހޯދުމަށެވެ. އޭގެ ތެރެއިން ނޯ ޝޯ ޗާޖުގެ ގޮތުގައި ނެގި 1،700ރ. އަނބުރާ ދޭން މޯލްޑިވިއަނުން އެއްބަސްވެ، އެ ފައިސާ އަނބުރާ ދިނެވެ.
ބާކީ ނެގި ފައިސާ އާއި ގެއްލުމުގެ ބަދަލުގެ ފައިސާ އަނބުރާ ދޭން މޯލްޑިވިއަނުން އިންކާރު ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ޓިކެޓް ބަދަލުކުރަން އިތުރު ފީއެއް ނެގީ އެއްބަސްވުމާ ހިލާފަށް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ފުރަތަމަ ނެގި ޓިކެޓަށް ދަތުރު ނުކުރެވުމާއި އިތުރަށް ފައިސާ ދައްކަން އެންގުމުގައި އެއްބަސްވުމާ ހިލާފް ކަމެއް ނެތުމުން ގެއްލުމުގެ ބަދަލަށް ނަގައިދޭން ނުޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ