މޫސުން ވަރަށް ގޯސް، ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓާއި އޮރެންޖު އެލާޓް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބައެއް ސަރަހައްދުތަކަށް ޔެލޯ އަދި އޮރެންޖް އެލާޓު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ވަނީ، ހއ އަތޮޅުން ފެށިގެން ރ އަތޮޅާއި ހަމައަށް ރީނދޫ އެލާޓް ނެރެފައެވެ. މިރޭ 8:30 އާއި ހަމައަށް ނެރުނު މި އެލާޓުގައި 28 މޭލާއި 35 މޭލުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި 55 މޭލަށް ވައި ގަދަ ވާނެއެވެ. އަދި މި އެލާޓުގެ ވަގުތުގައި ކަނޑު ވެސް ވަރަށް ގަދަ ވާނެ ކަމަށް މެޓުން ބުނެއެވެ.
މެޓުން އޮރެންޖު އެލާޓު ނެރުނީ،  ބ އަތޮޅުން މި އަތޮޅަށެވެ. މި އެލާޓު ވެސް ނެރުނީ މިރޭ 8:30އަށެވެ. އޮރެންޖު އެލާޓު ނެރުނު ސަރަހައްދަށް 36 މޭލާއި 42 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ. އަދި ވިލާގަނޑުގައި 60 މޭލަށް ވައިގަދަ ވާނެ ކަމަށް ބެލެވޭއިރު، ކަނޑު ވެސް ވަރަށް ގަދަ ވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
މެޓުން ކުރިން ވެސް ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް 03 ދުވަހު ވެސް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ