މުޅި އައްޑު އަށް އަލުން ކަރަންޓް ދީފި

މުޅި އައްޑު ސިޓީ އަށް އަލުން ކަރަންޓް ދޭން ފަށާފައިވާ ކަމަށް ފެނަކަ އިން ބުނެފި އެވެ.
އައްޑޫ އިން ކަރަންޓް ކެނޑިފައިވަނީ މިރޭ 7:15 ހާއިރު އެވެ.
ފެނަކަ އިން ބުނީ މުޅި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. މައްސަލަ ހައްލުކޮށް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓް ދޭން ފަށާފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.
ފެނަކަ އިން ވަނީ ކަރަންޓް ކެނޑުމާ ގުޅިގެން ދިމާވި ދަތިތަކަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ