މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުން ފާސްވުމަށްޓަކައި ކޮންޓްރޯލްޑް އެސެސްމަންޓްތަކުން 50 ޕަސެންޓް ފާސްވާން ޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ހަދައިފިއެވެ.
މި ބަދަލު ގެނެސް އެމްކިއުއޭއިންވަނީ އުސޫލަށް ގެނައި ބަދަލު މިދިޔަ އާދިއްތަ ދުވަހު ގެޒެޓު ކޮށްފައެވެ.
"ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން" އަށް ބަދަލު ގެނެސް މިދިޔަ އާދިއްތަ ދުވަހު އާންމުކުރި އިސްލާހުގެ ދަށުން ކޮންޓްރޯލް އެސެސްމަންޓް 50 ޕަސެންޓްގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވާން ޖެހެ އެވެ.
މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ހިންގުމަށް ކުރިން އެޕްރޫވަލް ދީފައިވާ ކޯސްތައް ގެންދިއުމުގައި އެ އުސޫލުގައި ބުނާ ގައިޑްލައިނަށް އަމަލުކުރުމަށް ވެސް އެމްކިޔުއޭއިން ވަނީ އަންގައިފަ އެވެ.
އެކްރެޑިޓޭޝަން އުސޫލަށް ގެނެސްފައިވާ ބައެއް ބަދަލުތައް:
- ޕްރޮގްރާމްގެ ކޮންމެ މޮޑިއުލެއް ނުވަތަ ޔުނިޓަކަށް އެސެސްމަންޓަށް ބޭނުންވާ މިންގަނޑުތައް ސާފުކޮށްދީފައި ހުރުން.
- ދަރިވަރުގެ ގާބިލުކަން ވަޒަންކުރެވޭނެ، މަދުވެގެން އަމިއްލަ އެއް މަސައްކަތް (ލިޔުމުން ނުވަތަ އެހެން ގޮތަކުން) ދަރިވަރުން އުފައްދަން ޖެހޭ.
- މާސްޓާޒް ކޯސްތަކުގެ ރިސާޗް ފިޔަވައި ހުރިހާ ކޯހެއްގައި މަދުވެގެން 50 ޕަސެންޓް ސުޕަަވައިޒްކޮށް، ވަގުތު ކަނޑައަޅައި، ކޮންޓްރޯލްކުރެވޭ އެސެސްމަންޓް ހާލަތްތަކެއް އިމްތިހާން ތަކުގައި ހިމަނަން ޖެހޭ.
- އެސެސްމަންޓުގެ 50 ޕަސެންޓަކީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި ހަދާ އެއްޗަކަށް ވުން.
- އޯޕަން ބުކް ޓެސްޓުތައް ހެދުމަށް ވަގުތެއް ކަނޑައެޅުން.
މީގެ އިތުރުން އެސެސްމަންޓުތައް ތައްޔާރުކުރުމުގައި ތިންވަނަ މީހެއްގެ އެހީތެރިކަން ނުވަތަ ބައިވެރިވުން މަދުކުރުމަށް، އެއްވެސް މޮޑިއުލަކުން ހުރިހާ އެސެސްމަންޓެއް ގޭގައި ހެދުމުގެ ފުރުސަތު ދީގެން ނުވާނެކަމަށް އުޞޫލްގައިވެއެވެ.
މަތީ ތަޢުލީމް ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުން ހަދަން ދޭ އެސެސްމަންޓަށް %40 އިން ފެށިގެން %70 އާ ހަމަޔަށް މާކްސް ދެއެވެ. އަދި އެއްވެސް އިމްތިހާނަކާ ނުލައި %100 އެސެސްމަންޓުން ކުއްޖާ ފާސްވާ މާއްދާތައްވެސް ބައެއް މަރުކަޒުތަކުގައި ކުރިއަށް ގެންދެއެވެ. މީގެ ނަތީޖާއަކީ އެހެން މީހެއްލައްވައި އެސެސްމަންޓް ހަދައިގެން މަތީތައުލީމްގެ ސަނަދު ހޯދުމެވެ. އެހެންކަމުން %100 އެސެސްންމަންޓުން ފާސްވާ މާއްދާތަކުގެ ކޯސްތަކަށް ހުއްދަދިނުން މިހާރު ވަނީ ހުއްޓާލާފައެވެ.
2021 ގައި އަމަލު ކުރަން ފެށި މަތީ ތައުލީމުގެ ގާނޫނުގައިވަނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފިނަމަ 5000 ރުފިޔާއިން އެ ދަރިވަރަކު ޖޫރިމަނާ ކުރެވޭނެކަމަށެވެ. އަދި އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000 ރުފިޔާއިންއިން ޖޫރިމަނާ ކުރާނެކަމަށެވެ.
ކޯހުން ފާސްވާން އެސެސްމަންޓްތަކުން 50 ޕަސެންޓް ހޯދަންޖެހޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ