އިގްތިސާދީ އިސްލާހީ އެޖެންޑާ: މުސާރައިގެ ދެބައިކުޅަ އެއްބައި ނެންގެވުމަށް ރައީސް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަކީ މަހަކު 100،000 ރުފިޔާ އެވެ. އެހެން ކަމުން މި ބަދަލާ އެކު ކުރިއަށް އޮތް ދެ އަހަރު ދުވަހު ރައީސް މުއިއްޒު، މުސާރައިގެ ގޮތުގައި ނަންގަވާނީ މަހަކު 50،000 ރުފިޔާ އެވެ.
އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން މުސާރައިގެ 50 ޕަސެންޓް ނުނަނަގަވާ ގޮތަށް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެ ނިންމެވުމުން ހާމަކުރެއްވީ ރައީސް މުއިއްޒު، އެކްސް ގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވި ގޮތުގަައި އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަ ދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވާނީ ނިންމާފައެވެ. މިގޮތުން މުސާރަ އާއި ގުޅޭ ގޮތުން މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.ވިދާޅުވީ މިއީ ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އެ ގޮތުން އެއް ކަމަކަށް ފާހަގަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރައިގެ %50 ނުނަންގަވާ ގޮތަށް ހަމަޖެއްސެވުމަށް ދެންނެވުމަށެވެ.ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަކީ މަހަކު 100،000 ރުފިޔާ އެވެ. އެހެން ކަމުން މި ބަދަލާ އެކު ކުރިއަށް އޮތް ދެ އަހަރު ދުވަހު ރައީސް މުއިއްޒު، މުސާރައިގެ ގޮތުގައި ނަންގަވާނީ މަހަކު 50،000 ރުފިޔާ އެވެ.ދެން އަޅުއްވަން ނިންމެވި ފިޔަވަޅުތައް؛
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީންގެ މުސާރަ ކުޑަކުރަން ނިންމެވިއިރު ބައެއް ކުންފުނިތަކުގެ ވެރީންނަކީ ވަރަށް ބޮޑު މުސާރައެއް ލިބިވަަޑައިގަންނަވާ ބޭފުޅުންނެވެ. އެ ގޮތުން ލައްކައަށް ވުރެ ބޮޑު މުސާރައެއް އެ ބޭފުޅުން ނަންގަވަ އެވެ.ރައީސް ވިދާޅުވީ މި ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާކުރާނެ ކަމަށެވެ.ރާއްޖޭގެ ދަރަނީގެ ނިސްބަތް ބޮޑުވެ ސަރުކާރުގެ ހަރަދުތައް އިތުރުވެ އިގްތިސާދީ ހާލަތު އޮތީ ނާޒުކު ފައްތަރެއް ގަ އެވެ. އެ ހާލަތު ބަދަލުކޮށް އިގްތިސާދު ދުޅަހެޔޮ ކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ