ތިން ޝަހީދެއްގެ ހަށިގަނޑު ފުރާޅެއް މަތިން އިސްރާއީލު ސިފައިން އުކާ މަންޒަރު އާންމުވެއްޖެ

މަންޒަރު ފެނުނު މީހުން ބުނެފައިވަނީ އެ ހަށިގަނޑުތައް އިމާރާތުގެ މަތިން އެއްލައިލުމަށްފަހު ބުލްޑޯޒަރުގެ ވަކިތަކުން އެ ހަށިގަނޑުތައް ނަގައިގެން ގެންދިޔަަ މަންޒަރު ފެނުނު ކަމަށެވެ.
އިސްރާއީލުން އިސްތިއުމާރުކޮށްފަައިވާ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ގަބާތިޔާ އަވަށުގައި އިސްރާއީލު ސިފައިން ޝަހީދުކޮށްލާފައިވާ ތިން ފަލަސްތީނު މީހެއްގެ ހަށިގަނޑުތައް އިމާރާތެއްގެ މަތިން އުކައިލާ މަންޒަރު ފެންނަ ވީޑިޔޯއެއް މީސްމީޑިޔާގައި އާންމުވެއްޖެ އެވެ. 
އާންމުވެފައިވާ ފޮޓޯގައި ފެންނަނީ އިސްރާއީލު ސިފައިންގެ ތިން މީހަކު އިމާރާތެއްގެ މަތީގައި މަރުވެފައިވާ ފަލަސްތީނުގެ މީހެއްގެ ހަށިގަނޑު ދަމައި ކޮއްޕަައި ގެންގޮސް ފުރާޅު މަތިން އެއްލައިލާ މަންޒަރެވެ. އަދި އެއް މައްޔިތާާގެ ހަށިގަނޑުގައި ފައިން ތަޅަަނިކޮށްވެސް ވީޑިިޔޯއިން ފެނެ އެވެ. 
މަންޒަރު ފެނުނު މީހުން ބުނެފައިވަނީ އެ ހަށިގަނޑުތައް އިމާރާތުގެ މަތިން އެއްލައިލުމަށްފަހު ބުލްޑޯޒަރުގެ ވަކިތަކުން އެ ހަށިގަނޑުތައް ނަގައިގެން ގެންދިޔަަ މަންޒަރު ފެނުނު ކަމަށެވެ. 
މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކަށް އިހާނެތިކޮށް ހިތުމުގެ ކުރިން އިސްރާއީލުން ހިސާރުކޮށްފައިވާ އިމާރާތުގެ ވަށައިގެން ހުރި ތަންތަން ސިފައިން ތަޅައި ސުންނާފަތި ކުރިކަމަށް މަަންޒަރު ފެނުނު މީހުންނާ ހަވާލާދީ ޓީއާރްޓީ ވޯލްޑްއިން ރިޕޯޓުކޮށްފައިވެ އެވެ. 
ޝަހީދުކޮށްލި އެކެއްގެ ބޮޑުބޭބެ ޒަކަރިއްޔާ ޒަކާނާ ވިދާޅުވީ އިސްރާއީލު ސިފައިން ކަންކުރި ގޮތް އޭނާއަށް ފެނުނު ކަމަށެވެ. އެ ފަލަސްތީނު މީހުން ޝަހީދުކޮށްލުމަށްފަހު އިސްރާއީލު ސިފައިން ފުރާޅަށް އެރި ކަމަށެވެ. 
"އެމީހުން ފުރަތަމަ އުޅުނީ ބުލްޑޯޒަރުގެ އެހީގައި ހަށިގަނޑުތައް ތިރިއަށް ގެންނަން. އެކަން ނުކުރެވުނީމައި އިމާރާތުގެ މަތިން އެމީހުންގެ ހަށިގަނޑުތައް އުކައިލީ. އަހަރެން ވަރަށް ދެރަވި އަދި ރުޅިވެސް އައި އެކަމަަކު ކުރެވޭނެ ކަމެއް ނެތް،" ރޮއިޓާސްއާ ވާާހަަކަދައްކަަމުން ޒަކަރިއްޔާ ބުންޏެވެ. 
އިސްރާއީލު ސިފައިން ފަލަސްތީނުގެ ޝަހީދުންގެ ހަށިތަކާމެދު އިހާނެތިކޮށް އަމަލުކުރާ ވީޑިޔޯ މީސްމީޑިޔާގައި އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުން އިސްރާއީލު އަސްކަރިއްޔާއަށް އަމާޒުވެފައިވެ އެވެ. 
ފާޑުކިޔުންތަކާ ގުޅިގެން ނެރުނު ބަޔާަނެއްގައި އިސްރާއީލު އަސްކަރިއްޔާއިން ބުނީ އެ އަމަލަކީ އިސްރާއީލު އަސްކަރިއްޔާގެ އަގުކުރުންތަކާ ހިލާފު ސީރިއަސް ގޯހެއް ކަމުގައި ގަބޫލުކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން މިހާރު އެތެރޭގެ ތަހުގީގެއް ފަށާފައިވާކަމަށް ބުނެފައިވެ އެވެ. 
މީގެ އަހަރެއްހައި ދުވަސްކުރިން ޣައްޒާއަށް އިސްރާއީލުން ދޭން ފެށި އުދުވާނީ ހަމަލާތަކާއެކު ހުޅަނގު އައްސޭރީގައި ނުތަނަވަސްކަން އިތުރުވި އެވެ. އޭގެ ފަހުން އިސްރާއީލުންވަނީ އެ ސަރަހައްދުގައި މިހާތަނަށް ނުހިންގާ ވަރުގެ ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށައިފަ އެވެ. 
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެފައިވާ ގޮތުން އިސްރާއީލުން ފެށި އަސްކަރީ އޮޕަރޭޝަނުގައި މިހާތަނަށް 710 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވެ އެވެ. އަދި 5،700 އަށްވުރެ ގިނަ މީހުންނަށް އެކި މިންވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ