ޔަމަނުގެ މުސްލިމުންނަށް އެހީވުމަށްޓަކައި ނެއްލައިދޫ ރައްޔިތުން ލަނޑާ ނެގުމަށް

ޔަމަނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށްޓަކައި ހދ.ނެއްލައިދޫގެ ރައްޔިތުން ހުއިފިލަނޑާ ނެގުމަށް ނިކުމެއްޖެއެވެ.
ނެއްލައިދޫގައި ލަނޑާ މަސްވެރިކަން ކުރާ 09 ޑިންގީގައި 70 އަށް ވުރެ ގިނަ މީހުން ލަނޑާ ނަގުމުގައި ބައިވެރިވިއެވެ. އޮގޮތުން ނެގޭ ލަނޑާތަށް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޔަމަނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ހަދިޔާކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ހާލުގައި ޖެހިފައިވާ ޔަމަނުގެ މުސްލިމުންނަށް އެހީވުމަށްޓަކައި މީގެކުރިންވެސް ރާއްޖޭގައި ވަނީ އެކި ކަހަލަ ހަރަކާތްތަށް ބާއްވާފައެވެ. އެގޮތުން ރާއްޖެ ޓީވީން  އިންތިޒާމްކޮށްގެން، ފަންޑު ފޮށްޓެއް ބަހައްޓައި، މިލިއަނެއްހައި ގިނަ ރުފިޔާ ހޯދުމަށް ފަހު ޔަމަނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ވަނީ ހަދިޔާކޮށްފައެވެ. 
ނަމަވެސް އެހީގެ ހަރަކާތެއްގެ ގޮތުގައި ލަނޑާ ނެގުމަށް ނިކުތުން މިއީ ވަރަށްވެސް ތަފާތު ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ