އެމްޕީއެލްގެ އެމްޑީގެ މަޤާމުން މުޙައްމަދު ރިޝްވާން އިސްތިއުފާ ދެއްވައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން މިރޭ އެކްސްގައި ހިއްސާކުރި މަޢުލޫމާތުތަކަށް ބަލާއިރު، ރިޝްވާން ވަނީ އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމުންވެސް އިސްތިޢުފާ ދެއްވުމަށް ހުށަހަޅުއްވާފައެވެ.
ޕީސީބީ އިން ހާމަކޮށްފައިވާ ގޮތުގައި، ރިޝްވާން އިސްތިޢުފާ ދެއްވުމަށް ހުށަހަޅުއްވާފައިވަނީ 6 އެޕްރީލް 2026 ގައެވެ. އެހެންކަމުން، އޭނާ ހުށަހެޅުއްވި އިސްތިއުފާ ޤަބޫލުކޮށް، މިހާރު ވަނީ އެ މަޤާމުން ވަކިކޮށްފައެވެ.
މުޙައްމަދު ރިޝްވާނަކީ މީގެ ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިސްތިޢުފާ ދެއްވި ސަބަބެއް ޕީސީބީ އިން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ