އިއްޔެ ބޭއްވި އިންތިހާބުތަކުން ރައްޔިތުން ބޮޑު ތަނުން މި ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށާއި އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެން އިސްތިއުފާ ވެސް ދެއްވަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
އިއްޔެ ނެގި ތިން ވޯޓްގައި އިދިކޮޅުން އެންޑީޕީން ހޯދި ކާމިޔާބީއާ ގުޅިގެން ފައިސަލް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މި ވަގުތަކީ ރައީސް ޑރ. މުހައްމަދު އިސްތިއުފާ ވެސް ދެއްވަން ޖެހޭ ވަގުތެއް ކަމަށެވެ.
"އަދި އަވަސް އިންތިޚާބަކަށް ގޮސް ގައުމު ސަލާމަތް ކުރުމަށްޓަކައި، ރައްޔިތުުންނަށް ފުރުޞަތު ލިބެން ޖެެހޭ ވަގުތު." އޭނަ ވިދާޅުވި އެވެ.
އިއްޔެގެ އިންތިހާބުތަކުން ސަރުކާރު ބޮޑުތަނުން ބަލިވީ އެ އިންތިހާބުތައް ކާމިޔާބު ކުރަން ބާރާއި ނުފޫޒުން އެތައް ކަމެއް ކޮށްފައި ވަނިކޮށް ކަމަށް ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން މުޅި ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް އިންތިހާބުތައް ކާމިޔާބު ކުރެވޭތޯ ބޭނުންކޮށްފައިވާ ކަމަށާއި އެތައް ސަތޭކަ ވަޒީފާއެއް ބެހުމާއި އެތައް ސަތޭކަ މަޝްރޫއެއް ފެށުން ފަދަ އެތައް ކަމެއް ސަރުކާރުން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެ ހުރިހާ ގޮންޖެހުންތަކަކާ އެކު އިދިކޮޅު އެމްޑީޕީ އާއި ދިވެހިން ކުރިމަތިލައި ސަރުކާރުގެ މައްޗަށް ކާމިޔާބު ހޯދާފައިވާ ކަމަށެވެ.
"[ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކީގައ ބާއްވަން ފެނޭތޯ ބެލުމަށް ނެގި] ފެންނަ ނުފެންނަ ވޯޓްގެ ނަމުގައި ނެގި ވޯޓަކީ އެއީ ސަރުކާރަށް އިތުބާރު އޮތްތޯ ނުވަތަ ނެތްތޯ ބެލުމަށްޓަކައި ނެގުނު ވޯޓެއް. އެއަށް ރައްޔިތުން ބޮޑު ތަނުން ބުނެފައި މި ވަނީ މި ސަރުކާރަށް ނޫނެކޭ." ފައިސަލް ވިދާޅުވި އެވެ.
އެހެންވެ މި ވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ އިތުބާރެއް ނެތް ސަރުކާރެއްގެ ވެރިއަކަށް ހުންނެވި ރަައީސުލްޖުމްހުރިއްޔާ އިސްތިއފާ ދެއްވުމަށް ފަހު، އަވަސް އިންތިހާބަކަށް ދިއުން،" އޭނަ ވިދާޅުވި އެވެ. "ދިވެހި ރައްޔިތުންނަށް ގައުމު ސަލާމަތްކޮށް، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ވެރިކަން ކުރާނެ، ގައުމު ހިންގާނެ މީހަކު އިހްތިޔާރު ކުރުމުގެ ފުރުސަތު ދޭން އެބަޖެހޭ."
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް އިސްތިއުފާ ދޭން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ