ވަރިވާން ކޯޓަށް އެދި ހުށަހެޅި އަންހެންމީހާއަށް ގުޅައި މެސެޖްކޮށް ހެދި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީ ނިންމާފައިވަނީ ޖުލައި މަހު އެވެ. އޭނާ ވަކި ކުރުމަށް މިއަދު މަޖިލީހަށް ހުށަހެޅުމުން އެމައްސަލަ އިތުރަށް ދިރާސާ ކުރުމަށ ޖުޑީޝަރީކޮމެޓީއަށް ވަނީ ފޮނުވާފައެވެ.
ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ބުނެ ހުށަހެޅި މައްސަލަ ތަޙުޤީޤުކުރުމަށްފަހުއެވެ.
ޖޭއެސްސީން ވިދާޅުވެފައިވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލަ އެކޯޓުގައި ހިނގަމުންދަނިކޮށް، އެ ޤަޟިއްޔާ ބަލަމުންދިޔަ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް، ދަޢުވާގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަޙްމަތްތެރިކަން ބާއްވަން ހުށަހަޅާފައިވާކަން ތަޙުޤީޤަށް ހާމަވެފައިވާކަމަށެވެ.
އަދި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މަޢުލޫމާތު އަހައި، މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަޙުޤީޤަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުންނާއި، އޭނާގެ އިޢުތިރާފުން ސާބިތުވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަޤުސަދެއް އޮވެގެން، އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާކަމަށްވެސް ޖޭ.އެސް.ސީން ވިދާޅުވެފައިވެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ގާޒީ އަލީ އާދަމް މަގާމުން ވަކިކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ