ޑްރަގް ކޯޓުން ފޮނުވާ ހުރިހާ ލިޔުމެއް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް އޮންލައިންކޮށް ފޮނުވަން ފަށައިފިއެވެ.
ޕީޖީ އޮފީހުން ދާދި ފަހުން އޮންލައިން ގަވަރމަންޓް ސަރވިސް ޕްލެޓްފޯމް ތައާރަފްކޮށްފައިވާއިރު، ޑްރަގް ކޯޓް ވެގެން ދިޔައީ ޕީޖީ އޮފީހަށް އޮންލައިންކޮށް ލިޔުންތައް ފޮނުވާ ފުރަތަމަ އިދާރާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.
ޑްރަގް ކޯޓުން މި އޮފީހަށް ފޮނުއްވާ ހުރިހާ ލިޔުމެއް، މިހާރު ފޮނުވަމުން ގެންދަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށްވާއިރު މި ހިދުމަތަކީ ރައްކާތެރި، އިތުބާރު ހިފޭ ނިޒާމެއްކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ޕިޖީ އޮފީހުން ބުނީ ގެނެވުނު މި ހެޔޮ ބަދަލާއިއެކު ލިޔެކިޔުން ބަދަލުކުރުން ވަނީ ކުރިއަށްވުރެ މާބޮޑަށް އަވަސްވެ، ޚަރަދު ކުޑަވެފަކަމަށެވެ. އަދި އެ އިދާރާއިން ބުނީ ކަރުދާހަށް ޕްރިންޓްކުރަން ނުޖެހޭތީ، އެއީ ތިމާވެއްޓާވެސް ރަޙްމަތްތެރި ގޮތެއްކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މިޚިދުމަތަކީ ރާއްޖޭގެ ހުރިހާ ކޯޓުތަކަކަށްވެސް ހުޅުވާލެވިފައިވާ ފުރުސަތެއްކަމަށާއި އެކަމަށް ބޭނުންވާ ލޮގިން މިހާރު ވަނީ ކޯޓުތަކަށް ފޮނުވާފައިކަމަށެވެ. އަދި ކޯޓުތަކުން މިކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ ރަސްމީ ގަޑީގައި 3003295 އާއިގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ.
ޑްރަގް ކޯޓުން ފޮނުވާ ހުރިހާ ލިޔުމެއް އޮންލައިންކޮށް ފޮނުވަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ