ކަރަންޓް ބިލަށް ހެޔޮ ބަދަލެއް، ފްލެޓް ރޭޓެއް ކަނޑައަޅަނީ

ކިތަންމެ ގިނައިން ކަރަންޓް ބޭނުން ކުރިޔަސް ދެން ފައިސާ ނަގާނީ އެއް ހަމައެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ކަރަންޓްގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް މުހިންމު ފިޔަވަޅެއް އަޅަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. 
ރައީސް މިހެން ވިދާޅުވީ މާވެޔޮ މަގުގައި ޖަގަހަ އެއް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަައީސް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ފެއްޓެވި ކެމްޕެއިން ގައި އާންމުންގެ ފަރާތުން އެންމެ ބޮޑަށް އިވިވަޑައިގަންނަވާ އެއް ޝަކުވާ އަކީ ކަރަންޓަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުގެ ޝަކުވާ ކަމަށެވެ. ކަރަންޓް ބިލަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ކުޑަ ވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ކަަރަންޓަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ. އެ ގޮތުން ކަރަންޓް ބޭނުން ކުރާ މިންވަރުން އިތުރުވަމުންދާ ފައިސާގެ އަދަދު ދެން އިތުރު ނުވާނެ ކަމަށެވެ. ކިތަންމެ ގިނައިން ކަރަންޓް ބޭނުން ކުރިޔަސް ދެން ފައިސާ ނަގާނީ އެއް ހަމައެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ."އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ވެސް ކަރަންޓް ރޭޓް - ފްލެޓް ރޭޓަކުން ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓް ބޭނުން ކުރިޔަސް އެ ބޮޑު ނުވާ ނިސްބަތް ދެން ބޮޑުވެގެން ނުދާނެ،" ރައީސް ވިދާޅުވި އެވެ.މި ނިންމުމާއެކު ދެން ކޮންމެ 100 ޔުނިޓަކުން ނަގާ އަދަދު އިތުރުވުން ހުއްޓޭނެ އެވެ. އެކަމުން ކަރަންޓް ބިލަށް ބޮޑު ލުޔެއް ލިބޭނެ އެވެ.
ރައީސް މިރޭ ވަނީ ވަޒީފާ އިން މުސްކުޅި ކުރާ އުމުރުން 70އަށް މަތިކޮށް ދޮށީ އުމުރުގެ މީހުންގެ އިނާޔަތް 7،000 އަށް ބޮޑު ކުރައްވާނެ ކަމަށް ވެސް އިއުލާނު ކުރައްވާފައެވެ. އަދި އެސްޑީއެފުން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ އިންޓްރަސްޓް ކަނޑާލާ އަމިއްލަ ރަށް ނޫން ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސް އެއްގެ ގޮތުގައި އިތުރު 7،000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.ރައީސް ވިދާޅުވީ މި ކަންކަން ކުރެވޭނީ އެ ބޭފުޅުންނަށް ވެރިކަމުގައި ތިބިގެން ކަމުން ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރުގައި ގޮތް ނިންމާއިރު ވަރަށް ބޮޑަށް ވިސްނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ