ވިލިމާލޭގައި ޗައިނާ އިން އަޅަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް

ހޮސްޕިޓަލުގެ ޑިޒައިން ނިމުމާއެކު އަންނަ އަހަރުގެ ކުރީކޮޅު ކޮންޓްރެކްޓަރެއް ހޯދާނެ އެވެ. މިއީ ޒަމާނީ ވަސީލަތްތައް ހިމެނޭ 112 އެނދުގެ ހޮސްޕިޓަލެކެވެ.
ވިލިމާލޭގައި ޗައިނާއިން އަޅާ "ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ޢިމާރާތްކުރުމަށްޓަކައި ލެޓާ އޮފް އެކްސްޗޭންޖު ގައި ސޮއިކޮށް މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.
ހޮސްޕިޓަލުގެ ނަން އިއުލާނުކޮށް މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަސައްކަތަށް ތައްޔާރުވިކަން އިއުލާނު ކުރެއްވީ ލެޓާ އޮފް އެކްސްޗޭންޖު ގައި ސޮއި ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގެ އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ އެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ޑީޓެއިލް ޑިޒައިން ހެދުމެވެ. އަދި މިހާރުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ."މަސައްކަތް ނިމިގެންދާއިރު ހަމައެކަނި ފަސޭހަވާނީ ވިލިމާލޭގެ ރައްޔިތުންނަކަށް ނޫން. ގުޅީފަޅުގައި މީހުން ދިރިއުޅެން ފަށާއިރު އެ ފަރާތްތަކަށްވެސް ބޮޑު ލުޔަކަށް ވެގެންދާނެ،" މުއްތޮލިބު ވިދާޅުވި އެވެ. 
ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވާ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލް ގާއިމުކުރުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ "ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް ޕްރޮޖެކްޓް"ގެ ފީސިބިލިޓީ މަރުޙަލާ ނިންމުމަށްފަހު ޑީޓެއިލްޑް ޑިޒައިން މަރުހަލާ ފެށުމަށް މިވަނީ ތައްޔާރުވެފަ އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ޗައިނާ ސަފީރު މިއަދު ވިދާޅުވީ ޗައިނާގައި ސިއްހީ ހިދުމަތްދޭ އެއް މިލިއަނަށް ވުރެ ގިނަ މަރުކަޒުގައި ބޭނުންކުރާ އާލާތްތަކުގެ 96 ޕަސެންޓަކީ އެ ގައުމުގެ އަމިއްލަ އުފެއްދުންތައް ކަމަށެވެ.މި ހަފުލާގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވީ ޑިޒައިން ނިމުމާއެކު ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށިގެންދާނެ ކަމަށެވެ.ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން އެހީތެރިކަން ދޭ އެއް ގައުމެވެ. އެ ގައުމުގެ އެހީ އާއި ލޯނު ހިމަނައިގެން މާލެ ސަަރަހައްދު ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިން ބްރިޖުގެ ނަމުގައި ބްރިޖެއް އަޅާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ