އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން ފަސާދަ އުފައްދަންއުޅޭ ބާބުލްއަވަލީ ސަރުކާރުގެ ނުބައިކަން ދެކެބަލާށެވެ. ބާބުލްއަވަލީ ސަރުކާރުން ދީނަށް ނަސްރު ދިނުމުގައި އިސްލާމީ ބޮކިފައްޗޭ ކިޔައިގެން ކޮންމެ އިދެއްގައި ދައުލަތުގެ ފައިސާ އިސްރާފްކޮށްފައި ނިންމާލަނީއެއް ނޫނެވެ. ވައްކަމާ ހިޔާނަތް އޮތީ އެނދު ކެނޑިފައެވެ. ދޮގާއި މަރާއި ހީލަތް ހެދުމުގައި ސުމާރެއް ނެތެވެ.
ސަރުކާރުން އިންތިޒާމުވެގެން ރިބާކެއުމާއި ރިބާގެ މުއާމަލާތް ހިންގުން ހައްދު ފަހަނައަޅާފައެވެ. ޝަރީއަތުން ރިބާ ނަގާދޭ އިސްލާމީ އެހެން ގައުމެއް ދުނިޔޭގައި ނެތެވެ. ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގައި ހައްދެއްނެތެވެ.
ޒިނޭ ކުރުން ދެކެނީ ގަދަކަމެއްގެ ގޮތުގައެވެ. ހަށިވިއްކުމާއި އިންސާނީ ވަގުފާރިއަކީ ގޯހަކަށް ނުވެއެވެ. ހައްދު ތަންފީޒެއް ނުކުރެއެވެ. މަރަށް މަރެއް ނުހިފައެވެ.
ރަލާއި އޫރުމަސް ވިއްކާ ވިޔަފާރި ކުރުމަކީ މައްސަލައަކަށް ނުވެއެވެ. ޒުވާންކަމުގެ ޖޯޝުގައި ޑްރަގް ޕާޓީ ބޭއްވުމާއި މަސްތުވުމަކީ ކުށަކަށް ނުބަލައެވެ.
ބުނެވިދިޔަ އެތައް ކަމެއް އެހެން ހުއްޓާ އެއިން އެއްވެސް ކަމެއް ނުކޮށް ހުކުރު ގަޑީގައި ރާއްޖެއަށް މަތިންދާ ބޯޓުޖެއްސު މަނާކުރާތީ އަންނަނީ ހިންޏެވެ. އަންހެން ކުދިން ހިތާނުކޮށް ބައިނަލްއަގުވާމީ ވައިގެ ދަތުތުތަކަށް ބުރޫ އަރުވާލުމަށްވުރެ ބޮޑު ދީނީކަމެއް އިބްރާހީމް ޖަނާބަށާއި ބާބުލްއަވަލީ ސަރުކާރަކަށްނެތެވެ.
ވައިގެ ދަތުރުތަކަށް ބުރޫއެރުވުމަށްވުރެ ދީނީ ކަމެއް ޖަނާބަކަށްނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ