"ގޭމްކުއެސްޓް - އައްޑޫ އެޑިޝަން" 100 ގޭމަރުންނާ އެކު ބާއްވައިފި "ގޭމްކުއެސްޓް - އައްޑޫ އެޑިޝަން" 100 ގޭމަރުންނާ އެކު ބާއްވައިފި

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން "ގޭމްކުއެސްޓް - އައްޑޫ އެޑިޝަން" ގެ ނަމުގައި އަތޮޅު ތެރޭގައި ބޭއްވި ފުރަތަމަ ގޭމިން މުބާރާތް 100 އަށްވުރެ ގޭމަރުންނާ އެކު އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ބާއްވައިފި އެވެ.
ދިރާގާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައި ބޭއްވި އެ މުބާރާތަކީ ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ.
"ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގައި ވަނީ އީއޭއެފްސީ 25 ގެ މުބާރާތެއް ބާއްވައި، ވަނަވަނަ ހޯދައިފައިވާ ގޭމަރުންނަށް ޖުމްލަ 10،000 ރުފިޔާގެ އިނާމް ދީފައެވެ.
އޭގެ އިތުރުން، ޖީޓީ7 ރޭސިން ސިމިއުލޭޝަން، އެސްޓްރޮ-ބޮޓް އަދި ވީއާރު ސިމިއުލޭޝަން ގޭމްތައް ކުޅޭ ފްރީ ސްޓޭޝަންތައް ވަނީ ވެސް މުބާރާތުގައި ހިމެނި އެވެ. އެގޮތުން އެ ގޭމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
"ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގައި ބައިވެރިވި ގޭމަރުންގެ މެދުގައި ވަނީ ލަކީޑްރޯއެއް ނަގައި، ނަސީބުވެރި ހަތަރު މީހަކަށް ފައިސާގެ އިނާމު ވެސް ހަވާލުކުރި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ