ގައުމީ އެއާލައިނުގެ ބޮޑު ބޯޓު މި މަހުގެ 22 ގައި ޗައިނާގެ ޗެންޑޫއަށް ފުރަތަމަ ދަތުރުކުރަން ހަމަޖެހިފައިވާއިރު މި ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެއް
ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަނުން ގެނައި އެ ކުންފުނީގެ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓު އޭ-330 މަރުކާގެ މަތިންދާބޯޓުގެ ފުރަތަމަ ދަތުރު މި މަހުގެ 22 ވަނަ ދުވަހު ޗައިނާގެ ޗެންޑޫއަށް ކުރާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ ގައުމީ އެއާލައިނުގެ ބޮޑު ބޯޓުގެ ފުރަތަމަ ޝެޑިއުލް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޗެންޑޫއަށް ކަމަށެވެ. އަދި މިހާރު ޝެޑިއުލް ދަތުރުތަކުގެ ޓިކެޓު ވިއްކުމަށް ތައްޔާރުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މި ބޯޓު ޗެންޑޫގެ އިތުރަށް ޗައިނާގެ ބެއިޖިންއާއި ޝެންހާއީއަށްވެސް ދަތުރުކުރަން ހަމަޖެހިފައިވެ އެވެ. މި ބޯޓު ދަތުރުކުރަން ހަމަޖެހިފައިވާ ސިޓީތަކަކީ ޗައިނާއިން އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެއަށް ދަތުރުކުރާ ސިޓީތައްކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
މިދިޔަ ހޯމަދުވަހު މޯލްޑިވިއަނުން ގެނައި ވައިޑްބޮޑީ މި މަތިންދާބޯޓަކީ އެއްފަހަރާ 260 މީހުންނަށް ދަތުރުކުރެވޭނެ އެވެ. މި ފުލައިޓުގައި ތިން ކްލާސް އޮވެ އެވެ. ބިޒްނަސް އަދި ޕްރިމިއަމް އިކޮނޮމީއާއި އިކޮނޮމީ ކްލާހުގެ ގޮނޑިތައް މި ފުލައިޓުގައި ހުންނައިރު 10 ޓަނުގެ ކާގޯ މި ބޯޓުގައި އުފުލޭނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މޯލްޑިވިއަންގެ ބޮޑު ބޯޓުގެ ފުރަތަމަ ދަތުރު މިމަހުގެ 22 ގައި ޗައިނާގެ ޗެންޑޫއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ