އޫރީދޫ ފުޓުބޯޅަ ފޯރި ކުޑަކުދިންގެ ހަވީރު މާދަމާ ސެންޓްރަލް ޕާކުގައި!

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމުގެ އުފަލުގައި، އުރީދޫ މޯލްޑިވްސްގެ ފަރާތުން ބާއްވާ ހާއްސަ ފުޓުބޯޅަ ފޯރި ”ކުޑަކުދިންގެ ހަވީރު“ މާދާމާ 12 ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި ހަރަކާތް ކުރިއަށް ދާނީ 12 ޖޫން 2026 ވާ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފޯރި ރާއްޖޭގެ ކުޑަކުދިންނާއި އާއިލާތަކަށް ގެނެސްދިނުމުގެ މަގްސަދުގައި އުރީދޫއިން އިންތިޒާމުކުރާ ހަރަކާތެކެވެ.
މި ހަވީރުގައި ފުޓްބޯޅައާ ގުޅޭ ތަފާތު ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ބައިވެރިވެވޭނެ ތަފާތު ގޭމްތަކާއި، ހަދިޔާ ލިބޭނެ ފުރުސަތުތައް ހިމެނޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.
އުރީދޫއިން ވަނީ މި ފޯރިގަދަ ހަވީރުގައި ބައިވެރިވުމަށް ހުރިހާ އާއިލާތަކަކަށް އަދި ކުޑަކުދިންނަށް ހުޅުވާލާފައިވާ ދައުވަތެއް އަރުވާފައެވެ. މި ހަރަކާތަކީ އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
މި ހަވީރަކީ އުރީދޫގެ ”ފުޓްބޯޅަ ފޯރި“ ކެމްޕޭނުގެ ދަށުން ބާއްވާ މުހިންމު އެއް ހަރަކާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ