ޑރ. އިޔާޟް ތައުލީމީ ވަޒީރަށް!: އަމިއްލައަށް މަގުފުރެދިފަ އެހެންމީހުންވެސް މަގުފުރައްދަން މަސްކަތް ކުރައްވަނީތޯ؟

ޑޜ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ތައުލީމީ ވަޒީރަށް ވަރުގަދަ ސުވާލެއް ކުރިމަތިކުރައްވައިފިއެވެ. 
"މި އާޔަތުގައި މި ބުނާ ގޮތަށް އަމިއްލައަށް މަގުފުރެދުން ގަނެފައި އެހެންމީހުންވެސް މަގުފުރައްދަން މަސްކަތް ކުރައްވަނީތޯ؟" 
މިސުވާލާއިއެކު ޑރ. އިޔާޟް ބަޔާންކުރައްވާފައިވާ އާޔަތުގައިވަނީ "ފޮތުގެތެރެއިން ބއެއް އެއުރެންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެއުރެން މަގުފުރެދުން ގަނެތެވެ. އަދި ތިއަބައިމީހުން މަގުފުރެދުމަށްވެސް އެމީހުން އެދެތެވެ." 
ތައުލީމީ ވަޒީރަކީ ޤުރްއާނުގެ ޢާޔަތްތައް ޤަބޫލުފުޅުކުރައްވާ ބޭފުޅެއް ނޫންކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 
 
މި އާޔަތުގައި މި ބުނާ ގޮތަށް އަމިއްލައަށް މަގުފުރެދުން ގަނެފައި އެހެންމީހުންވެސް މަގުފުރައްދަން މަސްކަތް ކުރައްވަނީތޯ؟ @MoEdumv https://t.co/xaYbBlwI93 pic.twitter.com/5UJXWkeO4B
— Dr.Mohamed Iyaz (@dr_iyaz) November 25, 2021
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ