ކުޑަކުއްޖަކާއެކު އެއްޖިންސުގެ ގުޅުން ހިންގި މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކާއެކު އެއްޖިންސުގެ ގުޅުން ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 16 އަހަރުގެ ފިރިހެންކުއްޖަކާއެކު ގުޅުން ހިންގަން އޮތްވާ ރަށުގެ ރައްޔިތުން ވަނީ އެމީހާ ގެއިން ނެރެ ފުލުހުންނާ ހަވަާލުކޮށްފައެވެ. ގެއިން ނެރުނުއިރު އެމީހާ ހުރީ ބަރަހަނާ ހާލުގައެވެ. އެރަށު މީހުން ވަނީ އެމީހާގެ ފޮޓޯ ނަގާ އާއްމުކޮށްފައެވެ. ނަމަވެސް ކުޑަކުއްޖާގެ ފޮޓޯ ނުނަގައެވެ.
އެރަށުން މައުލޫމާތް ދިން މީހަކު ބާގޮތުގައި މި ފިރިހެން މީހާ ކުޑަ ކުދިންނަށް ޖިންސީ ފުރައްސާރަކޮށް ފޯނުން ކުޑަ ކުދިންނަށް ހުތުރު މަންޒަރު ދައްކާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށާއި މިރޭ އެމީހާ އަތުލައިގަނެވުން އެއީ ރަށަށް ލިބުނު ދިރުމެއް ކަމަށެވެ.
ފުލުހުން ވިދާޅުވީ މަތި އުތުރުގެ ފުލުހުންގެ ޑިވިޝަން ނުވަތަ ހއ. އާއި ހދ. އަދި ށ. އަތޮޅު ހިމެނޭ ހިސާބުގެ ރަށެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.
މި މައްސލައިގައި ރޭ ދަންވަރު 01:25 ގައި ހައްޔަރުކުރެވުނީ 53 އަހަރުގެ ފިރިހެނެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއީ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާގެ ދެއަނބިންވެސް ތިބެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ