ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ފައިސާ އަންނަ އަހަރު ދޫކުރަނީ

ޓޫރިޒަމް ޓްރަސްޓް ފަންޑުން ކަނޑައެޅޭ އުސޫލެއްގެ މަތިން އަންނަ އަހަރު ފައިސާ ދޫކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފަންޑު ކޮމެޓީން، ޓޫރިޒަމް ޓްރަސްޓް ފަންޑުން އެއް މިލިއަން ރުފިޔާ "އުފެއްދުންތެރި ހިޔާލުތަކަށް" ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަންނަ އަހަރު ރާއްޖޭގެ ކޮންމެ އަތޮޅަކަށްވެސް ސީއެސްއާރު ޓްރަސްޓް ފަންޑަށް އެޕްލައިކޮށްގެން ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ޓްރަސްޓް ފަންޑު ކޮމިޓީން މިހާރު ނިންމާފައިވަނީ އަހަރަކު އެއްފަހަރު އުސޫލުތައް ކަނޑައެޅުމުން މިފަންޑުން ފައިސާ ހޯދުމަށް ކޮންމެ އަހަރަކު ވެސް ހުށަހެޅޭ ގޮތް ހެދުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހަމައެހެންމެ އެ ފައިސާއަކީ އަންނަ އަހަރުގެ ބަޖެޓުން އަތޮޅުތަކަށް ދޭ ބައި ނުލައި ދޫކުރާނެ ފައިސާ ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެ ފައިސާ ލިބޭނީ ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން އުފެއްދުންތެރި ހިޔާލުތަކާ އެކު، ނޫނީ އިޖުތިމާއީ ހަރަކާތްތަކާއެކު އައުމުން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ 2018 ވަނަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 1.8 މިލިއަން ރުފިޔާ ހުރިއިރު މިހާރު އެ ފަންޑުގައި ހުރި ފައިސާގެ އަދަދު ވަނީ 24.6 މިިލިއަން ރުފިިޔާ އަށް އިތުރުވެފައި ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ