ސްކޫލް ކޮރިޑޯ އެކްޓިވިޓީ އިފްތިތާހު ކޮށްދެއްވައިފި

"ސްކޫލް ކޮރިޑޯ އެކްޓިވިޓީ، ހާޓީ ބްރޭކްސް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިފްތިތާހް ކޮށްދެއްވައިފި އެވެ.
ހުޅުމާލޭގެ ޣާޒީ ސްކޫލުގައި މިއަދު ހެނދުނު އިފްތިތާހް ކުރި މި ހަރަކާތަކީ އެޑިޔުކޭޝަން މިނިސްޓްރީއާއި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިރަސްމިއްޔާތުގައި މެޑަމް ފަޒްނާ ވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ހަރަކާތްތަކުގެ މުހިއްމުކަން ފާހަގަކުރައްވައި ޓައިނީ ހާޓްސް މޯލްޑިވްސް ފަދަ މުހިއްމު ޖަމިއްޔާއަކާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން މިފަދަ މަސައްކަތްތަކެއް ކުރާތީ އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ދަރިވަރުން ކްލާހުން ނުކުންނަ ވަގުތު ސިކުނޑި ހަމަޖައްސާލަން ކުޑަ ކަސްރަތެއް ކޮއްލުމުގެ ފުރުސަތު ލިބިދިނުމަކީ އެކުދިންގެ ދުޅަހެޔޮކަމަށް ލިބޭނެ ބާރެއްކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން އިރުޝާދުތަކަށް ތަބާވާން ކުދިންނަށް ދަސްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މީގެއިތުރުން މި ހަރަކާތުގެ ސަބަބުން، ކޮރިޑޯގައި ކުދިން ދުވެހެދުމުގެ ބަދަލުގައި ކޮރިޑޯގެ ބޭނުން ހެޔޮގޮތުގައި ކުރަން ދަރިވަރުންނަށް ދަސްވެގެންދާނެ ކަމުގައިވެސް މެޑަމް ފަޒްނާ ވަނީ ވިދާޅުވެފަ އެވެ.
ޓައިނީ ހާޓްސްއާ އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ޣާޒީ ސްކޫލުގައި ފެށި އަޖުމަ ބެލުމުގެ މި ހަރަކާތަކީ މިއަހަރުގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސްކޫލް މާހައުލުގައި ފައިދާހުރި ގޮތެއްގައި ކުދިންގެ ހަރަކާތްތެރިކަން އިތުރުކުރެވޭ ފަދަ ކަންތައްތަކެއް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ