ބީއެމްއެލްގެ ނަމުގައި މަކަރުން ފައިސާ ހޯދާ މައްސަލައެއްގައި މީހަކު ހޯދަނީ

ބޭން އޮފް މޯލްޑިވްސްގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދާ މައްސަލައެއްގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުންބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ ފުވައްމުލައް/ދަޑިމަގު، ސަންޝައިން، ނިޝާދު އަޙްމަދު (31އ) ކަމުގައެވެ،
ނިޝާދު އަޙްމަދު ހޯދަމުންދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ބޭންކް މޯލްޑިވްސްގެ ލަކީޑްރޯއަކުން ހޮވިފައިވާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ޓްރާންފާ ކުރުވާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުނުން ބުނެއެވެ.
މި މައްސަލާގައި މީހަކު ހޯދަން އިއުލާނު ކުރި އިރު އެކި ކުންފިނި ތަކުގެ ނަމުގައި ލަކީޑްރޯއާއި އެހެނިހެން ކަންކަމުގައި ކަމަށްބުނެ މީހުންނަށް ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ