ކޮމަންވެލްތުން އެކަހެރިވުމުން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ނާންނާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވާން ނިންމައި، އެކަން ސަރުކާރުން އިއްޔެ އިއުލާނުކުރުމާ ގުޅިގެންނެވެ.
އެމަނިކުފާނު ޓްވީޓްކުރައްވާފައިވަނީ "މީގެ 34 އަހަރުކުރީން، ކޮމަންވެލްތުގެ މެންބަރަކަށް ދިވެހިރާއްޖެ ހެދުމުގައި އިސްކޮށް މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން، ކޮމަންވެލްތުން ރާއްޖެ ވަކިވީތީ އަޅުގަނޑު ހިތާމަކުރަން. އެކަހެރިވެގެން އަޅުގަނޑުމެންގެ މައްސަލަތައް ހައްލެއް ނުކުރެވޭނެ،" މިހެންނެވެ.
ކޮމަންވެލްތުން ރާއްޖެވަކިވާން އިއުލާންކުރުމާއިއެކު އިދިކޮޅު ގިނަ ސިޔާސީ ފަރާތްތަކުން ވަނީ އެކަމާ ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން ކޮމަންވެލްތް ފަރާތުންވެސް ވަނީ ރާއްޖޭގެ ނިންމުމާ މެދު ހިތާމަ ފާޅުކޮށްފައެވެ. އަދި އަލުން ގުޅޭނެ ކަމަށް އުއްމީދުކުރާކަމަށް ވިދާޅުވެފައެވެ.
ކޮމަންވެލްތުން ވަކިވުމުން ގިނަ ފަޜާތްތަކުންދަނީ ރާއްޖެއަށް ވަރަށް ގިނަ ގުނަ ގެއްލުން ލިބިގެން ދާނެކަމަށް ބުނަމުންނެވެ.ނަމަވެސް އިއްޔެ ޞެއްވި މީޑިއާ ބައްދަލުވުމުގައި ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވުމުން ރާއްޖެއަށް އަސަރެއް ނުކުރާނެކަމަށެވެ.
ކޮމަންވެލްތުން އެކަހެރިވެގެން މައްސަލަތައް ހައްލެއްނުކުރެވޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ