މުޅި މާލެއިން ކަރަންޓް ކެނޑިފައި ވަނިކޮށް މައްސަލަ ހައްލުކޮށް އަލުން މާލޭގެ ބޮޑުބަޔަކަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު ހެނދުނުން ފެށިގެން މާލޭއިން ކަރަންޓު ކެނޑުނީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެހެން ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް މާލޭގެ ބޮޑުބަޔަކަށް ކަރަންޓް ދެވިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި ކުރިޔަށް އޮތް ބައިގަޑިއިރުގެ ތެރޭގައި މުޅި މާލެއަށް އެއްކޮށް ކަރަންޓް ދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ހުކުރު ދުވަހުގެ ހެނދުނު ކަރަންޓް ކެނޑުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ވެސް މާފަށް އެދިފައެވެ.
މައްސަލަ ހައްލުކޮށް މާލޭގެ ބޮޑުބަޔަކަށް ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ