ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަށް ޓިކެޓް ލިބިވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ އިންތިހާބީ ބައިވެރި އެއްގެ ގޮތުން ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ.މުހައްމަދު ޝަޙީމް އަލީ ސައިދު އައްޔަން ކުރުމާ އެކު ޑރ ޝަހީމަށް ގިނަ ބަޔަކު ވަނީ ބަޔަތު ހިފައި އެމަނިކުފާނަށް ތާއިދުކޮށްފައެވެ. އެކަމުގެފަހަތުގައި ގިނަ ސަބަބުތަކެއް ހުރިކަން ގަބޫލުކުރަން ޖެހެނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑރ.ޝަހީމަށް ލިބިވަޑައިގެންނެވި މަގުބޫލުކަމާއި ލޯބީގެ ސަބަބުންނެވެ.ޒަމާނުއްސުރެ ދިވެހިންނަކީ ދީނީ ކަންތައްތަކަށް އަހަމިއްޔަތު ކަމެއްދޭ ބަޔަކަށް ވުމުން ރިޔާސީ އިންތިހާބެއްގައި ދީނީ އިލްމްވެރިއަކު ވާދަކުރުން ވެގެންދިޔައީ އެމީހުންގެ ގިނަ އުންމީދުތަކަކާއި ގުޅިގެން ދިޔަ ކަމަކަށް. ހާއްސަގޮތެއްގައި އިދިކޮޅުގައި އޮތް ލާދީނީ ފިކުރާއި ހަނގުރާމަ ކުރެވޭ ވަރުގެ ފެންވަރު ހުރި މީހަކު ރައީސް ޔާމީނާއި އެކު ނުކުތުމަކީ އެމީހުން އިތުރު އުންމީދެއް ގެނެސްދިން ކަމެވެ. މި ގައުމުގައި ދީނީ ވަހުދަތު ދެމެހެއްޓޭނެ ކަމުގެ ފެހި ސިގްނަލް ލިބުމާއެކީގައި ގިނަ ބަޔަކު ޑރ ޝަހީމް އަށް މަރުހާބާ ވިދާޅުވެ އެކަމާ އުފާކުރިތަން ފެނިގެންދިޔައެވެ.ޑރ ޝަހީމް އަކީ އިލްމީ ދާއިރާގައި ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި އެދުރަކަށް ވުމުން އެތަކެއް ކިޔަވާ ކުދިންނެއްގެ ހިތުގައި އާދަޔާ ޙިލާފް އުފާވެރިކަމެއް އުފެދުނެވެ. އެކަމަށް ހެކި ދިނީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ދިވެހި ކިޔަވައި ކުދިން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާ. ޑރ ޝަހީމް އަކީ އެމަނިކުފާނުގެ މަދަރުސީ ހަޔާތް ނުވަތަ އިލްމު އުނގެނުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ބެފުޅެކެވެ. އެގޮތުން ގްރޭޑް 7 ކުން ފާސް ނުވެ މަދަރުސީ ހަަޔާތް ކަޑައްތު ކުރީ ވަރަށް އަސަރުން އެހެނަސް ހިތްވަރާއެކުއެވެ.
ނަމަވެސް އިލްމު އުގެނުމަށްޓަކައި ފެށި ދަތުރު އޮޔާވައިގެ ގަދަ ކަނޑުގައި ކޮޅިގަނޑަކަށް ފަހު ކޮޅިގަނޑެއް ގިރާ ކުރަމުން ނިންމަވާލެއްވީ ފީއެޗްޑީ ހާސިލް ކުރައްވައިގެން. ކާމިޔާބީގެ ބޮޅަށް އެމަނިކުފާނު ދެން އިތުރު ކުރެއްވީ ގުރުއާން ހިތުދަސް ހާފިޒެއްގެ ލަގަބެވެ. އެތަށް ގޮންޖެހުމަކާއި ކުރިމަތިލެއްވުމަށް ފަހު މި އަދު ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގަތީ ލިބިފައިވާ އިލްމާއި ހިލްމެއްގެ ބޭނުން މި ގައުމަށް ކޮށްދިނުމުގެ ނިޔަތުގައި ކަމަށް ޑރ.ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ރަނިން މޭޓަކަށް ނުކުތުމުގެ ކުރިން ވެސް ޑރ ޝަހީމަކީ ދިވެހިންނަށް ފަރިތަ، ސިޔާސީ މައިދާނުގައި ނަން ހިނގާ ބޭފުޅެއް. ދީނީ މައްސަލަތައް ރައްޔިތުންނަށް ސާފުކޮށްދެއްވުމަކީ އެމަނިކުފާނު އެންމެ ކުރައްވާހިތުން ކުރެއްވި އެއް މަސައްކަތް. މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވައި އަދި ހާތިބެއްވެސްމެއެވެ. ދީނީ އިލްމް އެކިއެކި މަދަރުސާ ތަކުގައި އުނގަންނަވާދެއްވައި އިސްލާމިކް މިނިސްޓަރެއްގެ ހައިސިއްޔަތުން އެތައް ބައިވަރު މަސައްކަތެއް ކުރެއްވިއެވެ. ހިދުމަތްތަކެއް ދީނަށް ކުރެއްވި ބޭފުޅެއް. ޑރ ޝަހީމް ރިޔާސީ އިންތިހާބުގެ ކެންޕެއިން ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ ފުށުން ފެންނަ އެންމެ އާދަޔާ ހިލާފް މަންޒަރަކީ ތުއްތު ކުދިންނާ ދޭތެރޭ ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަމެވެ. ރަނިންގ މޭޓެއްގެ ގޮތުގައި ކެންޕެއިނަށް ރަށްރަށަށް ވަޑައިގެން މަސައްކަތް ކުރައްވާ އިރު ދީނީ ކަންތަކަށް ދެއްވާ އަހަމިއްޔަތުކަން ފެނިގެންދަނީ ނުހަނު ލޯތްބާއެކުއެވެ. ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ހާލު ބައްލަވާއިރު ޑރ ޝަހީމްގެ ހިތްޕުޅުގައި އިލްމަށް އޮންނަ ލޯތްބާއި ގަދަރުވެސް ފެނިގެންދެއެވެ. އެގޮތުން އެދުރުންނާ ބައްދަލުކުރެއްވުމާއި ގުރުއާން ކިޔަވައިދޭ މަދަރުސާ ތަކަށް ޒިޔާރަތް ކޮށް ގުރުއާން ކިޔަވައިދޭ މަންޒަކީވެސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ފެންނަމުންދާ އާންމު މަންޒަރެކެވެ.
ވޮށު ފިލާ އެޅުމާއި ގްރޫޕް ސްޓަޑީ ހެދުމުގައި ކުދިންނާއެކީގައި ބައިވެރިވެ އެކުދިންނަށް އިސްލާމް ދީނުގައި ހިނގާފައިވާ އެކި އެކި ހަނގުރާމަތަކާއި އަދި އެހެނިހެން ގޮތް ގޮތުން ދީނީ ގޮތުން ފުށު އަރާ އަދި އެކުދިންގެ ހިތުގައި އުފެދިވައިފާ ސުވާލުތަކުގެ ޖަވާބު ދިނުމަކީވެސް ޑރ ޝަހީމް ވަޑައިގަންނަވާ ރަށްރަށުން ފެނިގެންދާ މަންޒަރުތަކެކެވެ. ބޮޑާ ކަމާއި ކިބުރު ވެރިކަމަކީ ޑރ ޝަޙީމްގެ ފުށުން ފެންނަން ހުރި ސިފަތަކެއްނޫން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.ބަސްމޮށުންތެރިކަމުގައި ހުންނަ ބަލަގާތްތެރިކަމަކީވެސް ޑރ.ޝަހީމާއި ދޭތެރޭ ގިނަ ބަޔެއްގެ ހިތުގައި ލޯބި އުފެދުނު ކަމެއް. ޑރ.ޝަހީމް ފެނުމުން ކުޑަކުދިން ގޮސް އަމިއްލައަށް އެކުދިން އެމަނިކުފާނާއި އެކު ގުރުއާން ކިޔަވަން ބޭނުންވާ ވާހަކަ ދައްކާކަމީވެސް ރަށްރަށުން ފެންނަމުންދާ މަންޒަރެކެވެ. ސިޔާސީ ވާހަކަތައް އެއްފަރާތް ކުރުމަށްފަހު ޑރ ޝަހީމް ހުރިހާ ފަރާތްތަކާ މުއާމަލާތް ކުރާ ގޮތަކީވެސް ގިނަ ބަޔަކު ހައިރާންވާ ކަމެއް. ކެންޕެއިން ކުރައްވަމުން ގެންދަވާއިރު އެންމެ ބޮޑަށް ފާހަގަވާ އެއްކަމަކީ ސިޔާސީ ފިކުރާއި ޖަޒުބާތުތަކަށް ވުރެ ދީނީ ކަންތަކަށް ދެއްވާ އިސްކަމެވެ.މިސްކިތްތަކުގައި ދީނީ ދަރުސް ދެއްވާ އަދި އިމާމުވެ ނަމާދުކުރުމާއި ގުރުއާން ކިޔަވައިދިނުން ފަދަ ކަންތައްތަކަކީ ޑރ.ޝަހީމްގެ ނަފްސުގައި ވަކި ފިކުރަކަށް ވީތީ ކިލަނބުކަމެއް ނުވަތަ ބޮޑާކަމެއް ނެތް ކަން ކަމަށް ގިނަ ބަޔކު އިއްތިފާގުވެއެވެ.
ޑރ. ޝަހީމަށް ލިބިފައިވާ އިލްމް ބެއްސެވުމުގައި އެމަނިކުފާނަށް ރީނދުލެއް ރަތެއް ނުލެއް ފެއްސެއް ނެތް ފަދައެވެ. އިލްމީ މީޒާނުން އެމަނިކުފާނު ހުރިހާ ރައްޔިތުން ކިރުއްވަނީ ހަމަހަމަކޮށެވެ. އިހުތިރާމް ހޯއްދަވަނީ އިހުތިރާމް ދެއްވައިގެންނެވެ. ސިޔާސީ ގޮތުން ހަތުރު ފިކުރާވެސް ބައްދަލު ކުރަނީ ޑރ.ޝަހީމްގެ ޓްރޭޑްމާކް ހިނިތުންވުމާއިއެކުއެވެ. ސިޔާސީ ގޮތުން ބޭފުޅަކަށް ބަދު ބަސް ނުދަންނަވައެވެ. ރައީސް ޔާމީނަށް ރައްޔިތުންގެ ހިތުގައި އޮތް ލޯބި އިތުރުކޮށްދެއްވަމުން ޑރ. ޝަހީމް ގެންދަވާއިރު އެމަނިކުފާނު ވެގެން ގޮސްފައިވަނީ ރައްޔިތުންގެ މެދުގައި އެއްވެސް ދެބަސް ވުމެއް ނެތި ބަލައިގަންނަ އިންތިހާބީ ބައިވެރިޔާއަށެވެ.
ޑރ.މުހައްމަދު ޝަހީމް އަލީ ސައިދު
މަގުބޫލުކަން
ޝަޚުސިއްޔަތު
ރައްޔިތުންގެ ލޯބި
ފާތިމަތު ރިފާއަތު
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ޑރ.ޝަހީމް ރައްޔިތުން މީޒާންކުރަނީ ފިކުރަކަށް ކުލަޔަކަށް ބެލުމެއް ނެތި!
3 މިނެޓް ކުރިން
"ނޭޝަނަލް އެލްޑަރލީ އެކްޝަން ޕްލޭން" ވެލިޑޭޓްކުރުމަށް ވޯކްޝޮޕެއް ބާއްވައިފި
24 މިނެޓް ކުރިން
400 ހައްޖާޖީންނަށް ނުފުރި ލަސްވަނީ ސައުދީ އެއާލައިނަށް ދިމާވި މައްސަލައަކާގުޅިގެން: ހައްޖު ކޯޕަރޭޝަނ...
2 ގަޑި ކުރިން
އިންޑިއާގެ ކުރީގެ ބޮޑުވަޒީރަށް ރައީސުލް ޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ
2 ގަޑި ކުރިން
އަޟްޙާ އީދު ބަންދުގައި އުތީމު ގަނޑުވަރު އަދި ދާރުލްއާސާރު ހުޅުވާފައި ހުންނާނެ ގަޑިތައް
2 ގަޑި ކުރިން
އިބޫގެ ރިޔާސީ ވައުދުތައް ރައީސް ޔާމީން ވަނީ މާ ކުރިން ފުއްދަވާ ދެއްވާފައި: ޑރ. ޚަލީލް
13 ގަޑި ކުރިން
މެޑަމް ފާތުންއަށް ބ.ހިތާދޫއިން ރަތް ދޫލައިގެ މަރުޙަބާއެއް!
23 ގަޑި ކުރިން
މެޑަމް ފާތުންއަށް އެމްޑީޕީ ކައުންސިލަރުންގެ ފަރާތުން ހޫނު މަރުހަބާއެއް!
22 ގަޑި ކުރިން
މިދިޔަ އަހަރުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ބެހޭ ހެލްތު ޕްރޮފައިލް އާންމުކޮށްފި
20 ގަޑި ކުރިން
400 ހައްޖާޖީންނަށް ނުފުރި ލަސްވަނީ ސައުދީ އެއާލައިނަށް ދިމާވި މައްސަލައަކާގުޅިގެން: ހައްޖު ކޯޕަރޭޝަން
2 ގަޑި ކުރިން
ބްރިޖް މަތީ ކުރާ ފުރަތަމަ ކައިވެނި މި މަހުގެ 31 ގައި
22 ގަޑި ކުރިން
ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި މީހަކު ހޯދަނީ
21 ގަޑި ކުރިން
ގުޅުން ހުރި
ޑރ.ޝަހީމް ރައްޔިތުން މީޒާންކުރަނީ ފިކުރަކަށް ކުލަޔަކަށް ބެލުމެއް ނެތި!
3 މިނެޓް ކުރިން
18
0
ދަރުމަވަންތަ ހޮސްޕިޓަލުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ: އައިޖީއެމްއެޗް
14 ގަޑި ކުރިން
19
0
ތަރައްޤީ ފެނި އިބޫ އާޝޯހުވެއްޖެ!
1 ދުވަސް ކުރިން
161
0
ތިމަރަފުއްޓަށް ވެސް އުންމީދީ ވަޢުދުތަކެއް!
3 ދުވަސް ކުރިން
39
0
ހޯމް
ނިއުސް ޑްރޮޕް
އަހަރެމެން
© 2017 Channel13 - 13news.mv
jwplayer.key='g3mGrL4oq8GfnuBRKaRVaJ8sb+rVFrqUiBGwog==';Loading...
var playerInstance = jwplayer('mediaplayer');
playerInstance.setup({playlist: [{sources: [
{file: 'rtmp://fl1.viastreaming.net:1935/channel13/livestream'},
{file: 'http://fl1.viastreaming.net:1935/channel13/livestream/playlist.m3u8'}]}],
primary: 'html5', autostart: 'false', width: '100%', height: '350'});
ޑރ.ޝަހީމް ރައްޔިތުން މީޒާންކުރަނީ ފިކުރަކަށް ކުލަޔަކަށް ބެލުމެއް ނެތި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ