ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފި އެވެ.
އެކަމަނާ އިއްޔެ ސްރީލަންކާ އަށް ވަޑައިގެންނެވީ އެ ގައުމުގެ ހާރިޖީ ވަޒީރު ޕްރޮފެސަ ޖީއެލް ޕީރިސްގެ ދައުވަތަކަށެވެ.
މިނިސްޓަރު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅުގައި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކޮމަންވެލްތުގެ ސަގާފީ މުއްސަނދިކަން ފާހަގަކުރުމަށްޓަކައި މާދަމާ ސްރީލަންކާގައި ބާއްވާ "މަލްޓިކަލްޗުރަލް ޑައިވަސިޓީ އޮފް ކޮމަންވެލްތް" ހަފްލާގައި ވެސް މިނިސްޓަރު ދުންޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މިހަފްލާ ޝަރަފްވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް މައުލޫމާތު ލިބެ އެވެ. އެމަނިކުފާނު ވެސް މިހާރު ހުންނެވީ ސްރީލަންކާގަ އެވެ.
ހާރިޖީ ވަޒީރު ދުންޔާ މައުމޫން ސްރީލަންކާއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ