މިދިޔަ ހަތަރު މަހުގެ ކަރަންޓު ބިލް ބަހާލައިގެން ދައްކަން އެދުމުގެ ފުރުސަތު ހުޅުވާލައިފި

ކޯވިޑް-19 އާއި ގުޅިގެން ކަރަންޓު ބިލު ދެއްކުމަށް ދަތިވި ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްޓެލްކޯއިން ބުނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ކަރަންޓު ބިލު ބަހާލައިގެން ދައްކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ބަހާލައިގެން ބިލު ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާޗް، އޭޕްރިލް، މެއި އަދި ޖޫން މަހުގެ ކަރަންޓު ބިލެވެ.
ސްޓެލްކޯއިން ބުނީ މިކަމަށް އެދެން ބޭނުންވާ ފަރާތްތަކުން ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ ފޯމު އެ އޮފީހުގެ ކައުންޓަރުންނާއި މި ލިންކުން ލިބޭނެ ކަމަށެވެ. https://stelco.com.mv/rpex
ކަރަންޓު ބިލު ދެއްކުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމީ ކޯވިޑާއި ގުޅިގެން އާންމު ދިރިއުޅުމަށް އައި ބަދަލާއި ގުޅިގެންނެވެ.
ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މާރިޗު، އެޕްރީލް، މެއި އަދި ޖޫން މަހުގެ ބިލްތައް މާލީ ހާލަތު ހުރިގޮތުން ދެއްކެވުމަށް ދަތިވެފައިވާ ފަރާތްތަކުން، ބަހާލައިގެން ބިލްތައް ދެއްކެވުމަށް އެދި ފޯމް ހުށަހެޅުއްވުމަށް ތިރީގައިވާ ލިންކަށް ޒިޔާރަތްކުރައްވާ. 1/2https://t.co/8xXl3NNkeQ
— STELCO (@STELCOMALDIVES) July 5, 2020
މީގެ އިތުރުން ސްޓެލްކޯއިން ބިީ މާޗް، އޭޕްރިލް އަދި މެއ މަހެކޭ އެއްގޮތަށް ޖޫން މަހުގެ ކަރަންޓު ބިލުން40 ޕަސެންޓު ޑިސްކައުންޓު ދޭން ސަރުކާރުން ނިންމާފައިވާކަން އިއުލާނުކޮށްފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ