ރޭ ވެސް މުޅި އައްޑޫން ކަރަންޓު ކެނޑުނު!

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ރޭ ވެސް ގުޅިފައިވާ އަވަށްތަކުގެ ހުރިހާ ހިސާބަކުން ކަރަންޓު ކެނޑިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ، "ކެނޑުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން" ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އޭނާ ނުދެއްވައެެވެ.
ރޭ ވެސް ބައިގަނޑިއެއް ހާއިރަށް ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑިފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަ ފާއިތުވި ހަފްތާގެ ނިޔަލަށް ހައްލު ކުރެވޭނެ ކަމަށް ފެނަކައިން މީގެ ކުރިން ވަނީ ބުނެފައެވެ.
ފެނަކައިގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވެފައި ވަނީ، ޖެނުއަރީ މަހުގެ 2 ވަނަ ހަފުތާ ތެރޭގައި އިންޖީނުގެއަށް އަލަށް ގެނައި ޖެނެރޭޓަރުތައް ޓެސްޓްކޮށް ނިމި ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލު ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ