އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ ބަންދަށް ވ.ތިނަދޫ އިން 15 ދުވަސް ޖެހުމަށްފަހު ފުލިދޫ އަށް ގެނައުމުން އެރަށަށް އޭނާ އެރުވުމަށް ރަށު ރައްޔިތުން ދެކޮޅު ހަދައިފިއެވެ.
ފުލިދޫއިން ވާހަކަ ދެއްކި މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އާފިޔާ އެރަށަށް ގެނައުމަށް ފުލުހުންގެ ލޯންޗް ކައިރި ކުރުމުން ރަށުގެ ގިނަ ބަޔަކު، ރަށުގެ ބަނދަރު ސަރަހައްދަށް ނުކުމެ އޭނާ ރަށަށް ނޭރުވުމަށް ގޮވަމުން ދިޔަ ކަމަށެވެ. އަދި ފުލުހުންގެ އެ ލޯންޗް ރަށާ ކައިރި ނުކުރުމަށްވެސް އެތަނަށް އެއްވެ ތިބި މީހުން ގޮވަމުން ދިޔަ ކަމަށް އެމީހާ ބުންޏެވެ، އެމީހާ ބުނި ގޮތުގައި ރަށު ރައްޔިތުން އެކަމާ ދެކޮޅު ހެދުމުން ފުލުހުންގެ ލޯންޗު ވަނީ އަނބުރާ ރަކީދޫ އަށް ގޮސްފައެވެ.
އާފިޔާ ފެލިދޫއަށް ފުރަތަމަ ގެންގޮސްފައިވަނީ ބަނދުގެ މުއްދަތު ޖެހުމަށް މިއަދު ހަވީރު އެވެ. ނަމަވެސް އެރަށުގައި މެޖިސްޓްރޭޓަރަކު ނޫޅުއްވާތީ ގެންދިޔައީ އެއަތޮޅު ތިނަދޫ އަށެވެ. އެއަށްފަހު ފުލުހުން އާފިޔާ ގެންނަން އުޅުނީ އަނބުރާ ފެލިދޫއަށެވެ. ނަމަވެސް ރައްޔިތުން ނުރުހުން ފާޅު ކުރުމާ އެކު ފުލުހުން ވަނީ އޭނާ ރަކީދޫއަށް އަނބުރާ ގެންގޮސްފައެވެ.
އިބްތިހާލްގެ މަންމަ ފެލިދޫ އަށް އަރުވަން އެރަށު ރައްޔިތުން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ