ދުނިޔޭގެ ގައުމުތަކުން އިންޑިއާއަށް އެހީގެ ތަކެތި "އޮއްސަން" ފަށައިފި

ނިއުދިއްލީ (26 އެޕްރިލް ): އިންޑިއާއިން ފެނިފައިވާ ކޮވިޑް-19 ގެ އައު ވޭރިއަންޓަކާއެކު އިންޑިއާގައި ކޮވިޑްގެ ކޭސްތައް އާދަޔާ ޚިލާފަށް ގިނަވެ އެބައްޔާ ކުރިމަތިލުމުގައި އިންޑިއާގެ ސިއްހަތާބެހޭ ނިޒާމު މުޅިން އިނދަޖެހިފައިވާތީ ދުނިޔޭގެ ގައުމުތަކުން އިންޑިއާއަށް ސިއްހީ އެހީ ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ސައޫދީ އަރަބިޔާ، ޕާކިސްތާން، ރަޝިއާ އިންޑިއާއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ގައުމެއް ކަމަށްވާ ސައޫދީ އަރަބިއާ ބުނާގޮތުން 80 މެޓްރިކް ޓަންގެ ލިކުއިޑް އޮކްސިޖަންވަނީ އިންޑިއާ އަށް ފޮނުވުމުގެ މަގުމަތީގައެވެ. އިންޑިއާގެ އަވަށްޓެރި ޕާކިސްތާނުންވަނީ ކޮވިޑް ގެ ބަލި މީހުން އުފުލުމަށް ބޭނުންވާ ގިނަ އަދަދެއްގެ އެންބިއުލަންސް އެއްގަމު މަގުން އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. މީގެއިތުރުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ ވިދާޅުވިގޮތުގައި ވެންޓިލޭޓަރާއި ޑިޖިޓަލް އެކްސްރޭ މެޝިންތަކާއި ރައްކާތެރިކަމުގެ ސާމާނު ކަމަށްވާ ޕީޕީއާއާއި އެނޫންވެސް ސިއްހަތާބެހޭ ތަކެތީގެ ޝިޕްމަންޓްތައް އިންޑިއާއަށް ފޯރުކޮށްދިނުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނުގެ ބައެއް މަހުޖަނުންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުންވެސް ގެންދަނީ އިންޑިއާއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވަނީ ކޮވިޑް ގެ ޝިކާރައަކަށްވެފައިވާ އިންޑިއާގެ ރައްޔިތުންނާއެކުގައި އޭނާ ހުންނެވިކަން ހާމަކުރައްވައި އިންޑިއާގެ ހާލަތާމެދު ހަމްދަރުދީ ފަޅުކުރައްވާފައެވެ. ރަޝިއާވެސް ވަނީ އިންޑިއާއަށް ސިއްޙަތާބެހޭ ގިނަ އަދަދެއްގެ ތަކެތި ފޮނުވަން މަސައްކަތް ކުރާކަން ހާމަކޮށްފައެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ އަދި ޖަރުމަނު ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ އަދި ޖަރުމަނުންވަނީ ކޮވިޑް-19 ގެ ބަލިމީހުންނަށް ދޭ އާންމުބޭހާ އަދި ވެންޓިލޭޓަރުފަދަ ތަކެތި އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ވައިގެ މަގުން ފެށިކަން ހާމަކޮށްފައެވެ. އިނގިރޭސިވިލާތުން ވަނީ ފަސްޓް އެއިޑް ކިޓްގެ ޝިޕްމެންޓެއްވެސް އިންޑިއާއަށް ފޮނުވާފައެވެ. ސިންގަޕޫރު، ޔޫއޭއީ، ޔޫރަޕްގެ އިއްތިޙާދު ސިންގަޕޫރު ބުނާގޮތުން އެގައުމުވަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށް އިންތިހާއަށް ބޭނުންވެފައިވާ އޮކްސިޖަން ޓޭންކުތަކެއް ފޮނުވާފައެވެ. ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔޫއެއީންވަނީ ގިނަ އަދަދެއްގެ އޮކްސިޖަން ސިލިންޑަރުތައް ވައިގެ މަގުން އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ފެށިކަން ހާމަކޮށްފައެވެ. އިންޑިއާ، ޔޫރަޕްގެ އިއްތިޙާދުގެ ކިބައިން ގިނައެހީތަކަށް ރަސްމީ ސިފައެއްގައި އެދިފައިވާއިރު އެކަން ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމާއި މިއެހީތައް ދޭނީ ޔޫރަޕްގެ އިއްތިޙާދުގެ އެކި ގައުމުތަށް ވަކިވަކިންކަމަށް ޔޫރަޕިއަން ކޮމިޝަނުން ވަނީ ބުނެފައެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ޚާރިޖީ ވަޒީރު ޖަޔަޝަންކަރު ޗައިނާއާއި އެމެރިކާ ޗައިނާގެ ފަރާތުން އިންޑިއާއަށް ފޯރުކޮށްދޭން މަސައްކަތްކުރާ ތަކެތީގެ ތެރޭގައި ކޮވިޑްގެ ސާމްޕަލް ނަގާ ކިޓްތަކާއި ޓެސްޓްކިޓްތަކާ ލެބޯޓްރީ ތަކެއްޗާއި ވެންޓިލޭޓަރުގެ އިތުރުން ސިއްހީ ރައްކާތެރިކަމަށް ބޭނުންކުރާ ޕީޕީއީ ގައި ހިމެނޭ ގައުންއާއި އަންގިއާއި ނެސެޓައިޒާފަދަ ސާމާނު ހިމެނެއެވެ. އެމެރިކާއިން ވަނީ ސިއްހަތާބެހޭ ސާމާނު ވައިގެ މަގުން އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އަދި ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ ވެކްސިން އުފައްދަން ބޭނުންވާ ތަކެއްޗާއި އޭގެ މެޓީރިއަލް އިންޑިއާއަށް ލިބުމަށް ހުރި ހުރަސްތައް ނައްތާލާފައިވާކަން އެމެރިކާވަނީ ހާމަކޮށްފައެވެ. ކޮވިޑްގެ އައު ވޭރިއަންޓާއެކު މުޅި އިންޑިއާ ގުޑުވާލައިފި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެގައުމަށް މިހާރު ކުރިމަތިވެފައި ވަނީ ކޮވިޑް-19 ގެ ތޫފާނެއް ކަމަށް ސިފަކުރައްވައި ކޮވިޑްގެ އައު ވޭރިއަންޓާއެކު މުޅި އިންޑިއާ ގުޑުވާލައިފި ކަމަށް ވިދާޅުވެފައެވެ. މޯދީ ވިދާޅުވިގޮތުގައި ކޮވިޑުގެ އެތަށް ރާޅަކުން އިންޑިއާއަށް އަރައިގަނެވުނެވެ. ނަމަވެސް ކޮވިޑްގެ އައު ވޭރިއަންޓާއެކު މިއައި ވަރުގަދަ ރާޅުގައި އިންޑިއާއަށް ވަރުގަދަ ޝޮކެއްލިބި ގައުމު ގުޑުވާލައިފި ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ. މި ވަރުގަދަޝޮކާ އެކުވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް އޭނާގެ ސަރުކާރުން ހިއްވަރާއެކު މަސައްކަތް ކުރަމުން ގެންދާކަމަށް މޯދީ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ