ޓައިގަ ބަލަންވީ ޝާހުރުކް ޚާނަށް: ޖެކީ

"ހީރޯ ޕަންޓީ" ގައި ބޮލީވުޑަށް އަލަށް ތައާރަފްވާ ޓައިގަ ޝްރޮފް ނަމޫނާއަކަށް ބަލަންވީ ޝާޚުރުކް ޚާން ކަމަށް އޭނާގެ ބައްޕަ ޖެކީ ޝްރޮފް ބުނެފި އެވެ.
ޖެކީ ބުނީ އޭނާއަށް ހީވާ ގޮތުން ޓައިގަ ބަލަންވީ ޝާޚުރުކް ހާނަށެވެ. އަދި ބުންޏެވެ: "އޭނާ އަކީ ކާމިޔާބީ ރަނގަޅު ގޮތުގަ ބެލެހެއްޓި ވަރަށް ފުރިހަމަ ނަމޫނާއެއް. އޭނާވަނީ ގަދަރުކުޑަނުވެ ޓީވީގަ އެކްޓު ކުރަން ފަށައިގެންގޮސް ސްޕަ ސްޓާރަކަށްވެފަ،"
މަސައްކަތުގެ ގޮތުން ޖެކީއާ ޝާހު ވަނީ ވަރަށް ކުރިއްސުރެ ގުޅިފައެވެ. މި ދެ ތަރިން އެންމެ ފުރަތަމަ އެކުގައި ސްކްރީނުން ފެނިފަވަނީ 1993 ވަނަ އަހަރު "ކިންގް އަންކަލް" ގައެވެ. އެއަށްފަހު 1995 ގަ ރިލީސްކޮށް ކާމިޔާބުވި "ތްރިމުރްތީ" އާ 2001 ވަނަ އަހަރު ރިލީސްކުރި "ވަން ޓޫ ކާ ފޯ" ގައި ވެސް މިދެތަރިން އެކުގަ މަސައްކަތް ކޮށްފަވެއެވެ.
ޖެކީ އާއި ޝާޚު އެންމެ ފަހުން އެކުގަ މަސައްކަތް ކޮށްފަވަނީ ސަންޖޭ ލީލާ ބަންސާލީ ގެ "ދޭވްދާސް" ގައެވެ. އަދި 12 އަހަރަށް ފަހު އެ ދެތަރިން އެކުގައި ''ހެޕީ ނިއު އިޔާ" ގައި ފެންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
"އޭނަ އަކީ އަހަރެންގެ މަސައްކަތުގެ އެކުވެރިއެއް. އޭނަގެ ހުށަހެޅުމަކަށް އަހަރެންނަކަށް ނޫނެކޭ ނުބުނެވޭނެ، އޭނަ ކުޑަކޮށްވެސް ބަދަލެއްނުވޭ. ބުރަކޮށް މަސައްކަތް ކުރުމާ ހެއްވާކަމާ މަޖާކަމާ މަޝްހޫރު ވުމުގެ ކުރިއެކޭ މިހާރެކޭ ހަމަ އެއްގޮތް،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ