ފުލުހުން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މަނާކުރި ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 130،500 ރުފިޔާ ވަނީ ހޯދާފަ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާ ގެނައި އިސްލާހާއެކު ވޭޕް ބޭނުންކޮށްގެން މިދިޔަ މަހުގެ ނިޔަލަށް ކުރި ޖޫރިމަނާތަކުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުން މުޅިން މަނާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ފުލުހުން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މަނާކުރި ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 130،500 ރުފިޔާ ވަނީ ހޯދާފަ އެވެ.
ފުލުހުން ބުނީ ޑިސެމްބަރު މަހު 60،500 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މަހު ކުރި ޖޫރިމަނާގެ އަދަދު 70،000 ރުފިޔާއަށް އަރާފައިވާ ކަމަށެވެ.ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް ވޭޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕުކުރުމަށް ބޭނުންކުރާ އާލަތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެ އެވެ. އަދި ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު ވަނީ ބަދަލުކޮށްފަ އެވެ. އަދި ވޭޕުކުރަން ބޭނުންކުރާ އެއްޗެއް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އެއިން އެއްޗެއް ހިލޭ ކުޑަކުއްޖަކަށް ދީފިނަމަ އިތުރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ވޭޕް މަނާކުރުން: ޖޫރިމަނާ ކޮށްގެން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ