އަތޮޅު ކައުންސިލަށް ސިހުރު ހެދުމުގެ ތުހުމަތުގައި އުނގޫފާރުން ދެ މީހުން ހައްޔަރުކޮށްފި އަތޮޅު ކައުންސިލަށް ސިހުރު ހެދުމުގެ ތުހުމަތުގައި އުނގޫފާރުން ދެ މީހުން ހައްޔަރުކޮށްފި

ސިހުރު ހެދުމުގެ ތުހުމަތުގައި ރ. އުނގޫފާރުން ދެ މީހުން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނި ގޮތުގައި އެ ދެ ފިރިހެނުން ހައްޔަރުކުރީ ރ. އަތޮޅުގެ އަތޮޅު ކައުންސިލް އިދާރާއަށް ސިހުރާއި ފަންޑިތަ ހަދާކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ނަސީމީހިޔާ، ރ. އުނގޫފާރު، މުހައްމަދު ވަހީދު (67އ) އަދި ރިވެލި، ރ. އުނގޫފާރު، މުހައްމަދު އަމްޖަދު (61އ) އެެވެ. އެ ދެ މީހުން ވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ފެބްރުއަރީ 21، 2025 ގަ އެވެ.
އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ