ތިބްޔާން ޕްރީސްކޫލަށް ކުދިން ވެއްދުމަށް ހުޅުވައިލައިފި

މިއަހަރުގެ ދިރާސީ އައު އަހަރަށް، ހުޅުމާލޭގައި ހުންނަ ތިބްޔާން ޕްރީ ސުކޫލަށް ކުދިން ވެއްދުމަށް ހުޅުވައިލައިފިއެވެ. މި ސްކޫލަށް ކުދިން ވެއްދުމުގެ އެންމެ ހަގު އުމުރަކީ 18 މަހެވެ. އެގޮތުން، ތިބްޔާން ޕްރީ ސުކޫލުގައި ކިޔަވާދޭ ޕްލޭ ސުކޫލާއި ބޭބީ ސުކޫލާއި ނާސަރީ އަދި އެލްކޭޖީގެ އިތުރަށް ޔޫކޭޖީއަށް ކުދިން ވެއްދުމަށް ހުޅުވާލައިފައިވެއެވެ. މި ސުކޫލުން އެންމެ އިސްކަން ދެނީ އިސްލާމީ ތަރުބިއްޔަތާ އެއްކޮށް، ޒަމާނީ ތައުލީމާއި ޓެކްނޮލޮޖީއަށް ކުދިން އަހުލުވެރިކުރުވުމަށެވެ. އަދި، ކިޔެވުމުގެ ތެރޭގައި ކުޅިވަރުގެ އެކި ހަރަކާތްތައްވެސް ހިމެނިފައިވާނެއެވެ. ތިބްޔާން ޕްރީ ސުކޫލްގެ ދަރިވަރުންތަކެއް: އެ ސުކޫލަށް ކުދިން ވައްދަން ވަނީ ހުޅުވާލާފައި ---- އެ ސުކޫލުން ބުނީ، ޔޫކޭޖީ ނިންމުމަށް ފަހު ގްރޭޑް އެކަކަށް ވަންނަ ދަރިވަރުންނަށް ދިވެއްސާއި އިނގިރޭސި ބަސް އަދި އަރަބި ބަހުގެ ބަސްތަކާއި ޤުރުއާން ބަލައިގެން ރީއްޗަށް ކިޔެވޭވޭ ވަރަށް ފެންވަރު ގެނައުމަށް، ވަކި ވަކިކުދިންނަށް ޚާއްސަ ސަމާލުކަމެއް ދީގެން ކާމިޔާބު ޕްލޭނެއް ކުރިއަށް ގެން ދެވޭކަމަށެވެ. އެ ސުކޫލުގެ ދަރިވަރުންނަށް ކިޔައިވައިދެނީ ކަމުގެ ތަޖުރިބާކާރުން 10 ވަރަކަށް އަހަރު ދުވަހުގެ މުއްދަތުތެރޭގައި ޑިވެލޮޕްކޮށްފައިވާ ޚާއްސަ ފޮތް ސެޓަކުންނެވެ. އެ ސުކޫލުން ކުދިން ޝަޢުޤުވެރިވާފަދަ އިތުރު ހަރަކާތްތައް ވެސް ހިންގައެވެ. އޭގެތެރޭގައި، ގުރުއާން މުބާރާތްތަކާއި އިންގްލިޝް ވީކާއި އަދަބީ ހަފުތާގެ އިތުރަށް ސްޕޯޓްސް މީޓް ހިމެނެއެވެ. ތިބްޔާން ޕްރީ ސުކޫލުގެ ދަރިވަރުންތަކެއް ---- އޭގެ އިތުރުން، ތިބްޔާން ސުކޫލުން ވަނީ، އެކި ފިލާވަޅުތަކާ ގުޅުވައި ޚާއްސަ ދުވަސްތައް ފާހަގަކުރާ ކަމަށާއި އެކި ތަންތަނަށް ވެސް ޒިޔާރަތްކުރުން އޮންނަ ކަމަށް ބުނެފައެވެ. ދަރިވަރުންނަށް ކިޔަވައިދެނީ އެކުދީންނާ ގުޅޭހެން ފަރުމާކޮށްފައިވާ ކުލާސްރޫމުތަކެއްގައި ކަމަށްވާއިރު، ކިޔަވައިދިނުމުގެ އިސް މުދައްރިސުންނަކީ ތައުލީމު ހާސިލްކޮށް، ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކެކެވެ. ތިބްޔާން ޕްރީސުކޫލް ހިންގުމާ ހަވާލުވެ ހުންނެވީ ބޮޑެތި ސުކޫލުތަކުގެ އިސް މަގާމުތައް ފުރުއްވައި، ދާއިރާގެ 35 އަހަރު ތަޖުރިބާ ހުންނެވި ފަރާތެއްކަމުގައިވާ ޕްރިންސިޕަލް އުއްމު ސަލަމާ (އުއްމު މިސް) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ