މިއުނިކް (މާްޗް 18) - މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިނުގެ ރެއާލް ބެޓިސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލްގެ ވިންގް، އެންތަނީ ގަންނަން ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަޔަކްސް ދޫކޮށް އެންތަނީ ޔުނައިޓެޑަށް ބަދަލުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވީ 82 މިލިއަން ޕައުންޑް (95 މިލިއަން ޑޮލަރު) އަށެވެ. އެއީ ޔުނައިޓެޑުގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ.
އެކަމަކު، ޔުނައިޓެޑްގައި އެންތަނީ އަށް އެންމެ އެކަށޭނެ ކުޅުން ނުދެއްކޭތީ، އޭނާ ވަނީ ޖެނުއަރީ ޓްރާންސްފާގައި ލޯން އެއްބަސްވުމެއްގެ ދަށުން ބެޓިސް އަށް ބަދަލުވެފަ އެވެ. އެ ޓީމަށް ފުރަތަމަ ކުޅެދިން 11 މެޗުން އެންތަނީ ވަނީ ހަތަރު ގޯލު ޖަހައި، ހަތަރު ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.
މި ސީޒަނަށް ފަހު، ބަޔާންގެ ލެރޯއި ސާނޭ އެ ޓީމު ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، އެ މަގާމަށް ކުޅުންތެރިއަކު ހޯދަން އެ ކްލަބުން މަސައްކަތް ކުރަމުން އެބަދެ އެވެ. އެ ގޮތުން، ބަޔާންގެ ސްކައުޓުންނަށް މި ވަގުތު ސާނޭގެ މަގާމަށް ގެންނަން އެންމެ އެކަށޭނެ ކުޅުންތެރިއަކަށް ފެނިފައިވަނީ، އެންތަނީ އެވެ.
އެންތަނީގެ ސޮއި ހޯދަން ބަޔާނުން މަދުވެގެން 60 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން ޖެހޭނެ ކަަމަށް ރިޕޯޓްތައް ބުނެ އެވެ.
ބެޓިސްގައި ވިދަމުން އަންނަ އެންތަނީ ގަންނަން ބަޔާނުން ޝައުގުވެރިވެއްޖެ ބެޓިސްގައި ވިދަމުން އަންނަ އެންތަނީ ގަންނަން ބަޔާނުން ޝައުގުވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ