ފުލުހުން ތިބޭ އިމާރާތެއްގައި ހަރުކޮށްފައި ހުރި ޕެނަލް ބޯޑުގެ ނަރުތަކެއް ކޮށާލައިގެން ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ނަރުތައް ބުރިކޮށްލާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކުރިން ހިންގި އިމާރާތް ކުރިމައްޗަށްވާ ގޮތަށް ހުންނަ ކުރީގެ މާފަންނު ޕޮލިސް އިމާރާތުގެއެވެ.
މިތަން މިހާރު ފުލުހުން ބޭނުންކުރަނީ އެކޮމަޑޭޝަނެއްގެ ގޮތުގައި ކަމަށް އެނގިފައިވެ އެވެ. މިތަނުގައި ގަވައިދާ ހިލާފުވާ ބައެއް ބިދޭސީން ވަގުތީ ގޮތުން ބައިތިއްބާ ކަމަށްވެސްވެ އެެވެ.
އިމާރާތުގެ ނަރުތައް ބުރިކޮށްލި މީހާ ރޭގެ ވަގުތެއްގައި ހައްޔަރުކުރީ އިމާރާތުން ކަރަންޓް ދިއުމުން މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަނިކޮށް ޕެނަލް ބޯޑުގެ ތެރޭގައި އެމީހާ އޮއްވާ ކަމަށް އެނގިފައިވެ އެވެ.
އޭނާ ހައްޔަރުކުރީ ލޯނަރުތައް ދަބަހަށް އަޅައިގެން ހުއްޓާ ކަމަށް މައުލޫމާތު ލިބެ އެވެ.
ސްޓެލްކޯއިން ބުނީ މި އިމާރާތުން އަލުން ކަރަންޓް ދެވޭނީ ޕެނަލް ބޯޑު ހެދުނުއިރަކުން ކަމަށެވެ.
ފުލުހުން ތިބޭ ތަނަކުން ކަރަންޓް ނަރުކޮޅު ކޮށާލައިގެން ގެންދަން އުޅެނިކޮށް ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ