ޕާޓީގެތަކަށް އެކަނި ކަރަންޓް ދޫކުރަން ގޮވާލައިފި
ހއ. ދިއްދޫއިން ހަމައެކަނި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނަށް ކަރަންޓު ދިނުމަށް އެ ރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ރޭ ގޮވާލައިފި އެވެ.ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު، އަޑަށް ބާރުލައްްވާފައި ވިދާޅުވީ އިންތިހާބު ނިމެންދެން ކަރަންޓް ދޫކުރަންވީ ޕާޓީ މީހުންނަށް އެކަނި ކަމަށް ބުނެ އެވެ.އޭނާ ދެއްކެވި ވާހަކަތަކަކީ ރައީސް މުހައްމަދު މުއިއްޒުގެ އަދި އެ ޕާޓީގެ ސިޔާސަތު ނޫން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ."ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން،" ޕީއެންސީ އިން ބުންޏެވެ.އޭގެއިތުރުން އަބްދުﷲ ރަޝީދު ބުނީ ފެނަކައިގެ ވަޒީފާއަށް މުވައްޒަފުން ވައްދާނެ ކަމަށާއި، އެ މީހުން ދާއިމީވެސް ކޮށްދޭނެ ކަމަށެވެ.ފެނަކައިގެ އެސިސްޓެންޓު މެނޭޖަރު ކަމަށް އަބްދުﷲ ރަޝިދު އައްޔަނުކުރީ ފެބްރުއަރީ، 5 ވަނަ ދުވަހު އެވެ.ދިއްދޫ އާ އިންޖީނުގެއާއި އައިސް ޕްލާންޓުގެ މަސައްކަތަށް ފެނަކައަށް ނަގާފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން މި ސަރުކާރުން ވެރިކަމާ ހަވާލުވެ ވަނީ ނޯޓިސް ވެސް ދިނުމެއް ނެތި ވަކިކޮށްފައިކަން ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ