ފަރުމުލި، ކަނޑިންމަހުރާ މާފަރުގެ އިހްތިސާސް އަށް އަދި ވެލިދޫދިއްގާފަޅު ބޮޑުފޮޅުދޫގެ އިހްތިސާސްއަށް

ފަރުމުލިއާއި ކަނޑިންމަހުރާއަކީ ނ. މާފަރު ބައެއްކަމަށާއި، ވެލިދޫދިއްގާ ފަޅަކީ އއ. ބޮޑުފޮޅުދޫ ބައެއްކަމުގައި ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާ ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވާ ގޮތުން މާފަރުގެ ބައެއްގެ ގޮތުގައި މިލަންދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އާއި "ކަންޑިންމަހުރާ" ކަނޑައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުންނެއެވެ.
އަރިއަތޮޅު އުތުރުބުރީ "ވެލިދޫދިއްގާ" ފަޅަކީ އެ އަތޮޅު ބޮޑުފޮޅުދޫ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުންނެއެވެ.
މާފަރުގެ ބޮޑު ފަޅުތެރޭގައި އޮންނަ ދެ ފަޅުރަށް ކުރިން އޮންނަނީ މާފަރުގެ އިޙްތިސާސްގެ ތެރޭގައެވެ. ނަމަވެސް ކުރީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2020 ވަނަ އަހަރު ވަނީ އެ ދެ ރަށްވެސް ހިމެނޭގޮތަށް މާފަރުގެ ފަޅުން 80 ހެކްޓަރުގެ ސަރަޙައްދެއް އިޙްތިސާސުން ވަކިކޮށްފައެވެ.
އެބައި އަނބުރާ ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ