ސާފިން އަދި ބޮޑީބޯޑިންގެ ބޮޑު ސްޓޭޑިއަމެއް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ސާފިން އަދި ބޮޑީބޯޑިންގެ ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ބޮޑު ސްޓޭޑިއަމެއް ރާއްޖޭގައި އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ.
މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ރާފިއުއެވެ. ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޮއު ވިއުޑޮންގެއެވެ.
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ސާފިން އެސިއޭޝަނާއި ބޮޑީބޯޑިން އެސޯސިއޭޝަނުން ބޭނުންވެގެން މަސައްކަތް ކުރި ކަމެއް ކަމަށާއި އެންމެ ބޮޑު ބޭނުމަކީ ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވިގެންދާއިރު ހުރި އެކި ދަތިތައް ނައްތާލުން ކަމަށެވެ.
ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނަކީ މިހާރު ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ސްވިމިން ފޫލުގެ މަސައްކަތާއި މިހާރު ކުރިއަށްދާ ޓެނިސް ކޮންޕްލެކްސްގެ މަޝްރޫއު ކުރިއަށްގެންދާ ކުންފުންޏެވެ.
Highlights from the signing ceremony of (MOU) for the development of surfing stadium between Ministry of Sports, Fitness and Recreation and ROTIME Engineering and Technology Cooperation. pic.twitter.com/v0sT6bstEs
— Ministry of Sports, Fitness and Recreation (@MoSFR_mv) April 18, 2024
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ