ގަވައިދާ ހިލާފަށް މަގުތަކާއި އާންމު ތަންތަނުގައި ހުރި ތަކެތި ނަގަން ފަށައިފި

ގަވައިދާ ހިލާފަށް ކުޅުދުއްފުށީ މަގުތަކާއި އާންމު ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ތަކެތި ސިޓީ ކައުންސިލުން ނަގަން ފަށައިފި އެވެ.
ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ، ހުއްދަނެތި މަގުތަކާއި އާންމު ތަންތަނުގައި ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެތަކެތި ނަގަމުން އަންނަނީ ނަގަން ދިން މުއްދަތުގައި ނަގާފައިނުވާތީ އެވެ.
މި މަސައްކަތަކީ ރަށުގެ މަގުތަކާއި އާންމުތަންތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމާއި، މަގުތައް ބޭނުންކުރާ ފަރާތްތަކަށް އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
"އަޅުގަނޑުމެންގެ އެދުމަކީ ހުރިހާ ރައްޔިތުންވެސް މިކަމަށް އެއްބާރުލުންދެއްވާ ކުޅުދުއްފުއްޓަކީ ހިތްގައިމު ސާފުތާހިރު ރީތި ސިޓީއެއްގެގޮތުގައި ބޭއްވުމަށް މަސައްކަތް ކޮށްދެއްވުން." ސިޓީ ކައުންސިލް ބުންޏެވެ.
މީގެ ކުރިންވެސް ހުއްދަނެތި މިގޮތަށް މަގުތަކުގައި ބަހައްޓާފައިވާ ގިނަ އަދަދެއްގެ ސާމާނު ކައުންސިލުން ނަގައި އުކާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ