ޓެކްސީތަކުން ބޮޑު އަގުނަގާ މައްސަލަ ހައްލުކުރަން ޒަމާނީ ހިދުމަތެއް ތައާރަފްކުރަނީ ނުވަ ސަފީރުން ޢައްޔަނުކުރައްވައިފި މަސްވެރިކަން ކިޔަވައިދޭ ކޮލެޖު ގާއިމްކުރަންޖެހޭނީ ހުވަދޫގައި ނުވަތަ މަސްވެރިން ގިނަ އަތޮޅެއްގައި: މޭޔަރު ނިޒާރު ޕްރިމިއާ ލީގު: ޕެލަސްއަތުނ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާ ހޯދާ ބަލި މީހުންގެ ހާލަތާއި ދެވޭ ފަރުވާގެ ތަފުސީލު ސޯޝަލް މީޑިއާގައި ހާމަކުރަން ނުޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
އައިޖީއެމްއެޗްގައި ވިހެއުނު ތުއްތު ކުއްޖަކާ މެދު ހޮސްޕިޓަލުން އެކަށީގެން ނުވާ ގޮތަކަށް އަމަލުކުރި ކަމަށް ބުނެ، އެ ކުއްޖާގެ ޢާއިލާއިން ސޯޝަލް މީޑިއާގައި ހަރުކަށި ނުރުހުން ފާޅުކުރުމާ ގުޅިގެން، އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި މިކަން ފާހަގަކޮށްފައިވެއެވެ.
“ސޯޝަލްމީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާ ބެހޭ ގޮތުން ވަކި ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތެއް ނޫނެވެ،” އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް، ބަލި މީހާގެ ހާލަތާއި ފަރުވާއާ ގުޅޭ ހުރިހާ މައުލޫމާތެއް، ވަކި ގޮތަކަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް ޢާއިލާއަށް ތަފުސީލުކޮށް ކިޔައިދީފައި ވާނެކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި، ބަލި މީހުންނަށް ފަރުވާދިނުމުގައި އެއްވެސް ކަމެއް ޢާއިލާއަށް ފާހަގަވެއްޖެނަމަ އެކަން ހޮސްޕިޓަލާ ހިއްސާކުރެވޭނެކަމަށާއި، ގޯސްކޮށް ކަމެއް ދިމާވެއްޖެނަމަ އެކަން ހޮސްޕިޓަލުން ބަލާނެކަން ވެސް އަންގާފައިވެއެވެ.
ބަލި މީހުންގެ ފަރުވާއާ ގުޅޭ މައުލޫމާތު ހާމަނުކުރުމަކީ ހޮސްޕިޓަލުތަކުގެ ސިޔާސަތު ކަމުގައިވީ ނަމަވެސް، މި ހާދިސާގައި ޑޮކްޓަރުންގެ ފޮޓޯ ހާމަކުރުމުގެ އަމަލުތައް ކުށްވެރިކޮށް، އެފަދަ ކަންކަމުން އެ މީހުންގެ މަސައްކަތަށް ހުރަސް އެޅޭނެކަމަށް ބުނެ ހޮސްޕިޓަލުން އިންޒާރު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ