ބަޮޑުތަކުރުފާނުމަގު މަރާމާތުކުރަން 1.4 މިލިޔަން ރުފިޔާއަށް ޗައިނާގެ ކުންފުންޏަކަށް

ބޮޑުތަކުރުފާނު މަގުގެ ތާރުއަޅަފައިވާ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް 1.4 މިލިއަން ރުފިޔާއަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިންގ އާއި ހަވާލުކޮށްފިއެވެ.
މާލޭ ބޮޑު ތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާ އާއްމުންނަށް ހުޅުވާލާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް އެ މަގުގެ ބައެއް ސަރަހައްދުތައް ވަނީ ޙަލާކުވެފައެވެ. އެހެންކަމުން އެ މަގުގައި ހަލާކުވެފައި ހުރި ތަންތަން ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިދިޔަ ހުކުރު ދުވަހު ވަނީ ފަށްޓަވާފައެވެ. ތާރު މަގުގައި ހަލާކުވެފައިވާ ތަންތަން މަރާމާތުކުރަން ހަވާލުކޮށްފައިވަނީ، މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ހެދި ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކުންފުންޏާއެވެ.
މި މަސައްކަތުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގެ 32 ތަނެއް މަރާމާތުކުރަން ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތަށް 1.4 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ. މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގާއި ޢިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތުކުރުމުގެ މަސައްކަތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އެއްބަސްވުމުގައި ވާގޮތުން ބޮޑުތަކުރުފާނު މަގުގެ މަރާމާތު ކުރަންޖެހޭ 32 ތަނުގެ މަސައްކަތް ނިންމަން ދިފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.
މި މަސައްކަތުގެ ދަށުން ބޮޑު ތަކުރުފާނު މަގުގައި ހަލާކުވެފައި ހުރި ތާރުގަނޑުތައް ނަގާ އަލުން އެތަނުގައި ތާރުއެޅުން ހިމެނެއެވެ. އަދި މި މަސައްކަތް ކުރާއިރު މަގުގެ އަޑީގައި އަޅާފައި އޮތް ޔުޓިލިޓީ ހޮޅިތަކުގެ ހާލަތު ދެނެގަނެ އަންގަންޖެހެއެވެ.
2018 ވަނަ އަހަރު މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުންފެށިގެން، ހުޅުމާލެ ފެރީ ޓަރމިނަލްއާއި ހަމައަށް އޮންނަ ސަރަޙައްދުގައި ތާރުއަޅައި ވަނީ ނިންމާލާފައެވެ. ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ޒަމާނީފެންވަރަށް ތަރައްޤީކޮށްފައިވަނީ ބުރިޖަށް ދާން އޮންނަ ބޮޑު މަގަކީ ވީހާވެއް ތޮއްޖެހުން ކުޑަ ދުއްވަން ފަސޭހަ މަގެއްގެ ގޮތުގައި ހެދުމަށެވެ.
މާލޭގައި ހެދިފައި ހުރި ޕޮޓްހޯލްތައް ބައްދަން ޗައިނާ ކުންފުންޏަކާ ހަވާލު ކުރިއިރު ޗައިނާއިން ދާދިފަހުން ވަނީ މާލެ ސިޓީއަށް 3000 މަގުބައްތި ހިލޭ ދީފައެވެ. އެއީ ކެމެރާ އަދި ސެންސަރުވެސް ހަރުކޮށްފައި ހުންނަ ސްމާޓް ބައްތިތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ