ޔާމީންގެ އިސްތިއުނާފް މައްސަލަ ތާވަލު ނުކުރާތީ އިދިކޮޅުގެ ކަންބޮޑުވުން

އެންމެ ބޮޑު ކަންބޮޑުވުމަކީ، ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހަތަރު މަހަށް ވެފައިވީއިރު، މައްސަލައިގެ އެއްވެސް ހަބަރެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލާން ދުވަސް ގާތް ވެފައިވީއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލަ ތާވަލު ނުކުރާތީ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ. އެ މައްސަލަ ކޯޓުން ބަލައިގެންފައި ވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.އެ މައްސަލަ ލަސްވާތީ އިދިކޮޅު ލީޑާޝިޕުން މިއަދު ވަނީ ހައިކޯޓަށް ގޮސްފަ އެވެ. ހައިކޯޓަށް ދިއުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދާ ހަމައަށް ވެސް އެ މައްސަލައިގެ އެންމެ އަޑުއެހުމެއް ވެސް ހައިކޯޓުން ތާވަލުކޮށްފައިނުވާ ކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ، ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހަތަރު މަހަށް ވެފައިވީއިރު، މައްސަލައިގެ އެއްވެސް ހަބަރެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.އަދުރޭ ވިދާޅުވީ ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި މައްސައިލައިގައި ދައުވާ ކޮށްފައިވާ މައްސަލަ "ފަތު އަޑުކިޔާފައި" ކުރިއަށްދާ ކަމަށެވެ. އެކަމަކު ހަގީގަތުގައި އަވަސްމިނެއްގައި ކުރިއަށް ދާން ޖެހޭނެ މައްސަލައަކީ ހައިކޯޓުގައި އޮތް މައްސަލަ ކަމަށެވެ."މިކަމުގެ އޮތް ކަންބޮޑުވުމަކީ ރިޔާސީ އިންތިހާބަށް ވާދަ ކުރަން ހަތަރު މަހަށް ވެއްޖެ. ރައީސް ޔާމީނަކީ އަޅުގަނޑުމެންގެ ރިޔާސީ ކެނޑިޑޭޓް. އެހެންވީމަ އަޅުގަނޑުމެންގެ ކޯލިޝަންގެ ލީޑާޝިޕުން މި މަސައްކަތް ކުރަނީ އެއީ [ޔާމީނަކީ] ރިޔާސީ ކެނޑިޑޭޓަށް ވީމަ ކުރިމަތި ލެއްވުމުގެ ހުރަހެއް ނެތް ކަމަށް އީސީ އިން އެބަ ވިދާޅުވޭ. އެކަމަކު ކެމްޕޭނު ކުރެވޭނެ ގޮތެއް ނެތް،" އަދުރޭ ވިދާޅުވި އެވެ.
ހައިކޯޓަށް ވަޑައިގެންނެވުމުން ރަޖިސްޓްރާއާ ބައްދަލު ނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަށް ހުޅުވާލާނީ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.އިދިކޮޅު ލީޑާޝިޕުންނާއި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ އިންތިހާބަށް ވާދަކުރުމުގެ ކުރިން ހައިކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށް ހިސާބު ޖައްސަވަފަ އެވެ. އެކަމަކު ހައިކޯޓުގެ މައްސަލަ ކުރިއަށް ނުގޮސް އަދި ކްރިމިނަލް ކޯޓުގައި އޮތް މައްސަލަ އަވަސް މިނެއްގައި ކުރިއަށް ދާތީ އެބޭފުޅުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތުގެ ކުރިން ފުއްގިރި މައްސަލައިގައި ޔާމީނަށް އިތުރު ހުކުމެއް ޖަހަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ