ދިރާގުޕޭ އިން ހުޅުވާލަނީ 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!
ދިރާގު ފިންޓެކްއިން ކުރިއަށްގެންދާ ދިރާގުޕޭގައި ރަޖިސްޓަރީކޮށްގެން 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިރާގުން ބުނީ މި ޕްރޮމޯޝަން ކުރިއަށްގެންދާނީ މި މަހުގެ 31 ގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މި އަގުހުރި އިނާމު ލިބިގެންދާނެއެވެ. ދިވެހިރާއްޖެއަށް ނިސްބަތްވާ މޮބައިލް ނަންބަރެއް ގެންގުޅޭ ކޮންމެ ފަރާތަކަށް ވެސް ދިރާގުޕޭއަށް ރަޖިސްޓަރީކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިރާގު ފިންޓެކް އިން ވަނީ ދާދި ފަހުން އެއް ރުފިޔާއަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮމޯޝަނަށް ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުހީބު ވަނީ ލިބިފައެވެ. މިއީ، ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެއެވެ. މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ