ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާއިން ކުރަމުންދާ ކަންކަމުގެ ތެރެއިން އިތުރު ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި އެވެ.
އެމެރިކާގެ ކޯސްޓްގާޑާއި ނޭވީ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީގެ ކުރިން ވެސް ބޮޑު ތެޔޮ ޓޭންކަރެއް ހިފަހެއްޓި އެވެ. ދެވަނަ ޓޭންކަރެއް ހިފެހެއްޓިަކން އެ ގައުމުގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޮއެމް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މިފަހަރު ހިފެހެއްޓި ޓޭންކަރުގައި ހުރީ ވެސް ސެންކަޝަންޑް ތެޔޮ ކަމަށް އެމެރިކާއިން ބުނެ އެވެ. އެއީ ޗައިނާގެ ކުންފުންޏެއްގެ ޓޭންކަރެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ޓޭންކަރުގައި ގާތްގަނޑަކަށް ދެ މިލިއަން ފީފާގެ ތެޔޮ ހުއްޓެވެ.
މިކަމާ ގުޅިގެން ވެނެޒުއޭލާގެ ސަރުކާރުން ވަނީ އެމެރިކާގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
މިއީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހިންގި "ކަނޑުފޭރުމުގެ" އަމަލެއް ކަމަށާއި، އެމެރިކާއިން މަސައްކަތް ކުރަނީ ވެނެޒުއޭލާގެ ގުދުރަތީ ވަސީލަތްތައް ފޭރިގަންނަން ކަމަށް ވެނެޒުއޭލާއިން ބުނެ އެވެ.
އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ ވެނެޒުއޭލާގެ ވެރިކަމުން މަޑޫރޯ ދުރުކުވޭތޯ އެވެ.
ވެނެޒުއޭލާގެ އައްސޭރިފަށުން ދަތުރުކުރަމުންދިޔަ އިތުރު ޓޭންކަރެއް އެމެރިކާއިން ހިފަހައްޓައިފި ވެނެޒުއޭލާގެ އައްސޭރިފަށުން ދަތުރުކުރަމުންދިޔަ އިތުރު ޓޭންކަރެއް އެމެރިކާއިން ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ